އައްޑޫ ސިޓީ ފޭދޫގެ އަމަން ނަގާލައިގެން ހައްޔަރު ކުރި ތިން މީހުން ދޫކޮށްލައިފި އެވެ.
މި ދެމީހުން ހައްޔަރު ކުރީ މިމަހުގެ ދެ ވަނަ ދުވަހުގެ ރޭ ފޭދޫގައި ހިންގި މާރާމާރީ އާއި ގުޅިގެންނެވެ. އެ މާރާމާރީގައި 21 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާއިރު ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކާއި ގުޅިގެން ފަރުވާ ދެމުން ދަނީ މާލެ ގެނެސް އައިޖީއެމްއެޗުގައި އެވެ.
މި މާރާމާރީ އާއި ގުޅިގެން ރަށު ތެރޭގެ އަމަން ނަގާލުމުގެ ތުހުމަތުގައި ހައްޔަރު ކުރީ 18 އަހަރުގެ ދެ މީހުންނާއި 29 އަހަރުގެ މީހެކެވެ. އެ ތިން މީހުންގެ ބައްދަށް ކޯޓުން އޮތީ ފަސް ދުވަހުގެ މުއްދަތު ޖަހައިދީފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މުއްދަތު ހަވަމުވުން އެމީހުން ދޫކޮށްލީ ކޯޓުން އަމުރު ކުރުމުން ކަމަށެވެ.
އެ ދުވަހުގެ ރޭ ފެށުނު މާރާމާރީ ސިލްސިލާ މާރާމާރީއަކަށް ބަދަލުވެ ޖެހިގެން އައި ރޭވެސް ފޭދޫގައި މާރާމާރީ ހިންގާފައިވެ އެވެ. އަދި ދެވަނަ ރޭގެ މާރާމާރީގައި ޒަހަމްވި21 އަހަރުގެ ފިރިހެނަކު ވަނީ ފަރުވާ ދެމުން ދަނިކޮށް މަރުވެފަ އެވެ.
މި މައްސަލައިގައަ މިހާތަނަށް ފުލުހުން ވަނީ ތިން މީހުން ހައްޔަރުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް