"ކޮފީ ވިތް ކަރަން" ޝޯ މޮޅަސް، މަޝްހޫރު މީހުން ދާން ދެކޮޅު ހަދަނީ!

"ކޮފީ ވިތް ކަރަން" ޝޯ އަކީ އިންޑިއާގައި ގެނެސްދޭ ވަރަށް ފުރިހަމަ މޮޅު ޝޯއެކެވެ. ޑައިރެކްޓަރު ކަރަން ޖޯހަރު ގެނެސްދޭ އެ ޝޯގެ ހަތް ވަނަ ސީޒަން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ސީޒން ޕްރިމިއާ ކުރުން އޮނ...

16 Jun 2022 | 05:26

"ކޮފީ ވިތް ކަރަން" ޝޯ އަކީ އިންޑިއާގައި ގެނެސްދޭ ވަރަށް ފުރިހަމަ މޮޅު ޝޯއެކެވެ.

ޑައިރެކްޓަރު ކަރަން ޖޯހަރު ގެނެސްދޭ އެ ޝޯގެ ހަތް ވަނަ ސީޒަން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ސީޒން ޕްރިމިއާ ކުރުން އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ އެވެ.

ކަރަން އާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޝޯ ކިތަންމެ ކާމިޔާބުވެފަ ހިނގިޔަސް މެހެމާނުން ހޯދުން އުނދަގޫވެފައިވާ ކަމަށެވެ. މީގެ ކުރީ ޝޯތަކުގައި އެތައް ފަންނާނުންނެތް ގެނެސްފައި ވީނަމަވެސް އެ ފަންނާނުން މިހާރު ދަނީ ކަރަންގެ ޝޯގައި ބައިވެރިވާން ދެކޮޅު ހަދަމުންނެވެ.

އޭގެ ތެރެއިން އެކަކީ ރަންބީރު ކަޕޫރު ކަމަށް ކަރަން ބުންޏެވެ. ރަންބީރު އެ ޝޯއަށް ދައުވަތު ދިނުމުން ބުނީ ޝޯގައި ބައިވެރިވިވާން ބޭނުން ނުވަނީ ދިރިއުޅުމުގެ ވާހަކަތައް ކިޔައި ދިނުމުން އެވާހަކަތައް ބޮޑުކޮށްގެން އެތައް ދުވަހެއް ވަންދެން އާންމުންނާއި މީޑިއާގައި ދައްކާތީ ކަމަށެވެ.

ކަރަން ބުނީ އެހެން ފަންނާނުންވެސް ޝޯއަށް ދާން ދެކޮޅު ހަދަނީ އެހެން ބުނުމަށް ފަހު ކަމަށެވެ.

ކަރަން ބުނީ އޭނާގެ ޝޯ ފަރުމާ ކޮށްފައިވަނީ ފަންނާނުން ފަލީހަތް ކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަބަދުވެސް ޝޯގައި ދައްކަނީ މަޖާ ވާހަކަތައް ކަމަށާއި ޝޯގެ މަގުސަދަކީ އެ މީހުންނާއި ގުޅޭގޮތުން ސަޕޯޓަރުންނަށް އެނގެން ބޭނުންވާނެ ތަފާތު މައުލޫމާތެއް ފޯރުކޮށްދިނުން ކަމަށެވެ.

ސީޒަން ހަތެއްގެ މެހެމާނުންގެ ލިސްޓު އަދި އާންމު ނުވެ އެވެ. އެކަމަކު ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި "ކޮފީ ވިތް ކަރަން 7" ގެ ފުރަތަމަ މެހެމާނަކީ ސަމަންތާ ރުތް ޕްރަބޫ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް