ހުޅުމާލޭ ފޭސް ދޭއްގެ ބަހުގެ ހިދުމަތް ރަސްމީކޮށް ފަށައި ބަސް ރޫޓު އިތުރުކޮށްފި

ހުޅުމާލޭ ފޭސް ދޭއްގެ ބަހުގެ ހިދުމަތް ރަސްމީކޮށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އިފުތިތާހުކޮށްދެއްވައިފިއެވެ. އަލަށް އިފްތިތާހުކުރި ބަސްރޫޓުތަކާއި އެކު 30 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ހުޅުމާލެ ދެވ...

16 Jun 2022 | 04:11

ހުޅުމާލޭ ފޭސް ދޭއްގެ ބަހުގެ ހިދުމަތް ރަސްމީކޮށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އިފުތިތާހުކޮށްދެއްވައިފިއެވެ.

އަލަށް އިފްތިތާހުކުރި ބަސްރޫޓުތަކާއި އެކު 30 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވައްސަށް އެމްޓީސީސީން ތަޢާރަފު ކުރި ބަހުގެ ޚިދުމަތް ފުޅާވެ، ގްރޭޓަރ މާލެ ސަރަހައްދުގައި މިހާރު ދެމުންގެންދާ 6 ރޫޓުގެ ބަދަލުގައި 8 ރޫޓެއްގެ ޚިދުމަތް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެމްޓީސީސީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހިން މާލެ ވެސްޓް ޕާރކްއަށް ދަތުރުކުރާ ޑައިރެކްޓް ބަސް ރޫޓް މިހާރު އޮޕަރޭޓް ކުރެވެމުންދާ އަވަސްމިން ޕީކް ގަޑީގައި 15 މިނިޓަށް އަދި އޮފް ޕީކް ގަޑީގައި 20 މިނެޓަށް ބަދަލުވެގެންދާނެ ކަމަށެވެ.

އަދި ފްލީޓަށް އިތުރުކުރެވޭ 15 ޑަބަލް ޑެކަރ ބަސްތަކާއެކު ޖުމްލަ 46 ބަހެއް ޚިދުމަތުގައި ދެން ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނީ މި އައު ބަސް ރޫޓްތަކުގެ ޚިދުމަތުގެ އަގަކީ ޕަސިންޖަރަކަށް 15 ރުފިޔާ ކަަމަށެވެ.

އަދި މިހާރުވެސް ބޭނުންކުރަމުންދާ ބަސް ކާޑު އައު ރޫޓުތަކުން ޚިދުމަތް ހޯދުމުގައިވެސް ކަސްޓަމަރުންނަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

އިތުރުކުރެވުނު ބަސްތަކާއެކު ގްރޭޓަރ މާލެ ސަރަހައްދުގެ ރައްޔިތުންނައް އަދި ވަކިން ޙާއްސަކޮށް ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ބަހުގެ ޚިދުމަތް ހޯދުމުގައި ދިމާވަމުންއައި ދަތިތަކަށް ހައްލު ލިބި، އިތުރު ލުއިފަސޭހަކަން ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

އައު ބަސް ރޫޓުތަކުގެ ތަފްޞީލް

ހުޅުމާލެ ދެވަނަ ފިޔަވަހި – (މާލެ ވެސްޓް ޕާރކް ޑައިރެކްޓް ރޫޓް) މިހާރު އޮޕަރޭޓް

ކުރެވެމުންދަނީ 1 ގަޑިއިރުގެ އަވަސްމިނުގައި

ހުޅުމާލެ ދެވަނަ ފިޔަވަހި – (މާލެ ކާރނިވަލް ޑައިރެކްޓް ރޫޓް )އައު ރޫޓެއް

ހުޅުމާލެ ދެވަނަ ފިޔަވަހިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ޑައިރެކްޓް ރޫޓް) އައު ރޫޓެއް

މީގެ އިތުރުން އައު ބަސްރޫޓޫތަކުގެ ތަފްސީލާއި އަވަސްމިނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުއްވުމުން ލިބޭނެކަމަށް އެމްޓިސީސީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް