މާލެ ސަރަހައްދުން މިއަދު ކޮވިޑްއަށް ފައްސިވީ 90 މީހުން

މާލެ ސަރަހައްދުން މިއަދު ކޮވިޑްއަށް ފައްސިވެފައި ވަނީ 90 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. ފާއިތުވި24 ގަޑިއިރު، ރާއްޖެއިން ކޮވިޑްއަށް ފައްސިވެފައި ވަނީ241 މީހުންނެ...

16 Jun 2021 | 17:04

މާލެ ސަރަހައްދުން މިއަދު ކޮވިޑްއަށް ފައްސިވެފައި ވަނީ 90 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ފާއިތުވި24 ގަޑިއިރު، ރާއްޖެއިން ކޮވިޑްއަށް ފައްސިވެފައި ވަނީ241 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ފައްސިވި 90 މީހުންނާއި އަތޮޅުތެރެއިން ފައްސިވި143 މީހުންގެ އިތުރުން ރެސޯޓްތަކުން ފައްސިވި ހަ މީހަކާއި ހަދަމުންދާ ރަށްތަކުން ފައްސިވި ދެ މީހުނެވެ.

https://twitter.com/HPA_MV/status/1405208585445937154

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 4،418 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 7،747 މީހުުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބީ 67 މީހުންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު މިއަދު ވަނީ 63،180 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދަކީ 200 އެވެ.

މިއަދުގެ ނިޔަލަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 71،138 އަށް އަރާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް