ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖްގެ މަގާމަށް ސަބްރާ އައްޔަން ކޮށްފި

"ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް" ގެ މަގާމަށް މއ.މާންދޫގެ ސަބްރާ އިބްރާހީމް ނޫރައްދީން، މިއަދު އައްޔަން ކޮށްފިއެވެ. ރައިސުލްޖުމްހޫރިއްޔާ އެ މަގާމަށް ސަބްރާ އައްޔަން ކުރައްވާފައިވަނީ ގާނޫނު ނަން...

16 Jun 2021 | 14:55

"ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް" ގެ މަގާމަށް މއ.މާންދޫގެ ސަބްރާ އިބްރާހީމް ނޫރައްދީން، މިއަދު އައްޔަން ކޮށްފިއެވެ.

ރައިސުލްޖުމްހޫރިއްޔާ އެ މަގާމަށް ސަބްރާ އައްޔަން ކުރައްވާފައިވަނީ ގާނޫނު ނަންބަރު 2021/9 (ކްލައިމެޓް އިމަރޖަންސީ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ނެވެ. ސަބްރާ އެ މަގާމަށް ޢައްޔަން ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އެވެ.

ޞަބްރާއަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒްއިން މާސްޓާސް އޮފް ސައިންސް އިން ސްޓޭޓް، ސޮސައިޓީ އެންޑް ޑިވެލޮޕްމަންޓް ޙާޞިލްކުރައްވާފައިވާ ބޭކަނބަލެކެވެ.

ޞަބްރާ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް މަޤާމަށް ޢައްޔަނުކުރެއްވުމާއި ހަމައަށް މަސައްކަތްކުރައްވާފައިވަނީ ރައީސް އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސްގެ މަޤާމުގައެވެ.

އަދި ޞަބްރާ އަކީ މީގެކުރިން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކޮލަމްބޯގެ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސްގައިވެސް މަސައްކަތްކުރައްވާފައިވާ ބޭކަނބަލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް