ވެކްސިން ޖެހުމަށްޓަކައި ކޭޝް ކާޑުގެ މައުލޫމާތު ހޯދަން ގުޅާނީ ފޭކް ކޯލް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި އެއްވެސް ސިއްޙީ ޚިދުމަތް ދޭ ތަނަކުން ކޮވިޑް-19 ވެކްސިން ޖަހައިދިނުމުގެ ގޮތުން ފައިސާގެ މުއާމަލާތަކަށް ނުވަތަ ބޭންކް އެކައުންޓް ކޭޝް ކާޑުގެ މައުލޫމާތަކަށް ނޭދޭނެއެވެ.
https://twitter.com/HPA_MV/status/1405129327243530245
އެކި ނަންނަމުގައި ތަފާތު ގޮތްގޮތަށް ކޭޝްކާޑާއި ބޭންކް އެކައުންޓްގެ މައުލޫމާތު ހޯދުން ރާއްޖޭގައި ވަރަށް ގިނައެވެ. މަކަރާ ހީލަތުން އެތައް ފައިސާތަނެއް ހޯދައި، މީހުންނަށް ފޫ ނުބެއްދޭނެ ވަރުގެ ގެއްލުން ލިބިފައިވެސް އެބަހުއްޓެވެ.
މީގެ ތެރޭގައި، މީގެ ދެތިން މަސް ކުރިން ފޭސްބުކްގައި “ޝަލަބީ ލައިވް” ޤްރުއާންގެ ނަމުގައި އޮޅުވާލައިގެން ކުރިއަށް ގެންދިޔަ ފޭސްބުކް ޕޭޖް ހިމެނެއެވެ. އެފަހަރު ވެސް، ކާޑުގެ މައުލޫމާތު ހޯދުމަށް، ބަޔަކު އަޑީގައި ތިބެ، އޮޅުވާލައިގެން ފައިސާ ހޯދުމުގެ އަމަލުތައް ހިންގާފައި ވެއެވެ. ވީއިރު ވެކްސިން ޖެހުމަށް ކަމަށް ބުނެ ވެސް ފައިސާ ދޭން ނުބުނެ ތިބޭނެ ހެއްޔެވެ؟
މީގެ އިތުރުން، މިހަފަކަށް އަހިސް، މާލޭގެ އެކި ތަންތަނަށް ގެއްލުންދީ، ފައިސާ ވަރަށް ނެގުން ވެސް ވަނީ ވަރަށް އާއްމު ވެފައެވެ. މި ހުރިހާ ކަމަކަށް ސަމާލުވާން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް