ހިޔާނާތުގެ ލިސްޓަށް އެރި ފަހުން ސައީދު ހުންނަވަނީ ކޯފާވެފައި: ވައްޑޭ

ދިވެހި ތާރީޚުގައި ވެސް ހިންގި އެންމެ ބޮޑު ޚިޔާނާތް އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރ، މުހައްމަދު ސައީދުގެ ނަން ހިމެނުނު ފަހުން ...

16 Jun 2021 | 10:12

ދިވެހި ތާރީޚުގައި ވެސް ހިންގި އެންމެ ބޮޑު ޚިޔާނާތް އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރ، މުހައްމަދު ސައީދުގެ ނަން ހިމެނުނު ފަހުން ހުންނަވަނީ މާ ކޯފާވެފައި ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވަައްޑެ މިހެން ވިދާޅުވީ ސިވިލް ސާވިސްގެ ގާނޫނަށް ގެންނަން ހުށަހަޅާއިވާ އިސްލާހުގެ ބަހުސްގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަތަކަށް އިޝާރަތްކުރައްވައި އެވެ.

ސައީދު ވަނީ އެމްޑީޕީން ގެންނަ ލާމަރުކަޒީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ވިދާޅުވީ އެމްޑީޕީން އަސްލު މަސައްކަތްކުރަނީ އެ ނިޒާމު ފުނޑުފުނޑު ކޮށްލަން ކަމަށެވެ.

އެ ވާހަކަފުޅަށް ނުރުހުން ފާޅުކުރައްވައި އުނގޫފާރު ދާއިރާގެ މެމްބަރު ނެންގެވި ނިޒާމީ ނުކުތާއެއްގައި ވިދާޅުވީ ދޮގު ހެދިޔަސް އެކަމުގައި ކޮންމެވެސް ކަހަލަ ހައްދެއް އޮންނަންވާނެ ކަމަށެވެ. އަދި ކޮންމެ މެމްބަރަކު ވެސް ލިބޭ ވަގުތުގައި ތެދުބަހުން ވާހަކަދެއްކެވުމަށް އެދިވަޑައިގެންނެވި އެވެ.

ވައްޑެ ވިދާޅުވީ ސައީދުގެ ނަން އެމްއެމްޕީއާރްސީގެ ލިސްޓުގައި ހިމެނުނު ފަހުން ހުންނަވަނީ މާބޮޑަށް ކޯފާވެފައި ކަމަށެވެ. ވަހީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ވާހަކަ އިދިކޮޅު މެމްބަރުން ދައްކަވާ އިރު މުޅި ނިޒާމު ހަލާކުކުރި ބަޔަކީ ވެސް އެއީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް