ރޮނާލްޑޯ ދެ ފުޅި ކޯކަަށް ހެދި ގޮތުން ކޮކާކޯލާ ކުންފުންޏަށް ހަތަރު ބިލިއަން ޑޮލަރުގެ ގެއްލުން!

ޔޫރޯ 2020 ގައި ހަންގޭރީ އާއި ޕޯޗުގަލް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި މޭޒު މަތީގައި ބަހައްޓާފައި ހުރި ކޯކު ފުޅިތަކަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ގޮތުން ކޮކާކޯލާ ކުންފުންޏަށް ...

16 Jun 2021 | 09:56

ޔޫރޯ 2020 ގައި ހަންގޭރީ އާއި ޕޯޗުގަލް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި މޭޒު މަތީގައި ބަހައްޓާފައި ހުރި ކޯކު ފުޅިތަކަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ގޮތުން ކޮކާކޯލާ ކުންފުންޏަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރޮނާލްޑޯ ވަނީ މޭޒު މަތީގައި ބަހައްޓާފައި ހުރި ދެ ކޯކުފުޅި ދުރަށް ޖެއްސުމަށް ފަހު ފެން ފުޅިއެއް ބޯލުމަށް ފަހު އެތަނުގައި ބައިންދާފަ އެވެ. މިކަމަށް އެއްބަޔަކު ވަރަށް ފާޑު ކިޔާފައިވާއިރު އަަނެއް ބައެއްގެ ތާއީދު ރޮނާލްޑޮއަށް ދަނީ އޮހެމުންނެވެ.

ރޮނާލްޑޯގެ އަމަލުގެ ގެއްލުން އެންމެ ބޮޑަށްވީ ކޮކާކޯލާ ކުންފުންޏަށެވެ. އެ ކުންފުނި ސްޓޮކް މާކެޓުގައި މިހާތަނަށް 1.6 ޕަސެންޓު ދަށްވެފައި އެވެ. އަދި ސްޓޮކްގެ އަގު 242 ބިލިއަން ޑޮލަރުން 238 ބިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަަށް ރިޕޯޓުތައް ބުނެ އެވެ.

މި މައްސަލައިގަ ކޮކާކޯލާ ކުންފުނިން ބުނީ ކޮންމެ ކުޅުންތެރިއަކަށްވެސް އެމީހަކު ބޯން ބޭނުން ބުއިމެއް އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެތަނުގައި އަބަދުވެސް ކޯކާއި، ކޯކު ޝުގާ ފްރީ އަދި ފެން އަބަދުވެސް ލިބެން ހުންނާނެ ކަމަށް ބުންޏެވެ.

ރޮނާލްޑޯ ކޯކު ފުޅިތަކާއި އާއި މެދު އަމަލު ކުރިގޮތަކީ އޭނާގެ ނިޔަތް ނުބައި ވެގެން ނުވަތަ އެ ކުންފުންޏާއި ދެކޮޅަށް ކުރި ކަމެއްގެ ގޮތުގައި އޭނާގެ ސަޕޯޓަރުން ނުދެ އެވެ. އެއީ ރޮނާލްޑޯއަކީ އަބަދުވެސް ސިއްހަތަށް ވަރަށް ސަމާލުކަން ދޭ މީހަކަށްވެފައި ހާއްސަކޮށް މެޗުގެ ކުރިން އެފަދަ މުއިމެއް ނޮބޯނެކަން އެނގޭތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް