މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ނަން މަޖިލީހުން ފާސްކޮށްފި

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ނަން ރައްޔިތުުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އުވާލައި، އެ މ...

16 Jun 2021 | 08:27

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ނަން ރައްޔިތުުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އުވާލައި، އެ މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ނަމަށް ބަދަލުކުރުމަށް، ރައްޔިތުންގެ މަޖިލީހުގައި ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ބައެއް ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާ ކޮށްފައިވާއިރު ކޮމިޓީ ރިޕޯޓުގައި ބުނީ ކޮމިޓީން މިކަން ނިންމާފައިވަނީ 25 މެއި 2021 ވަނަ ދުވަހު ބޭއްވި އެ ކޮމިޓީގެ 3 ވަނަ ބައްދަލުވުމަށް ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

މައްސަލަ ހުށަހަޅުއްވައި ފޮނުއްވި ސިޓީގައި ރައީސް ވިދާޅުވީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އުވާލައި އެ މިނިސްޓްރީގެ ނަން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ނަމަށް 5 މެއި 2021 ވަނަ ދުވަހު ބަދަލު ކުރައްވާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ މަސައްކަތުގެ ދާއިރާއަށް ގެނައި ބަދަލު ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް