ކޯވިޑް-19: ކޮލަމާފުށީގައި ކާފިއު ހިންގަނީ

ކޯވިޑް-19 ފެތުރެމުންދާތީ ގއ. ކޮލަމާފުށީގައި ކާފިއު ހިންގަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ކޮލަމާފުށި ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ގއ ކޫއްޑޫ، ރަންދީ - 26ގެ ވޭދަނައާ ގުޅިގެން ގއ. ކޮލަމާފ...

16 Jun 2021 | 08:22

ކޯވިޑް-19 ފެތުރެމުންދާތީ ގއ. ކޮލަމާފުށީގައި ކާފިއު ހިންގަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ކޮލަމާފުށި ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ގއ ކޫއްޑޫ، ރަންދީ - 26ގެ ވޭދަނައާ ގުޅިގެން ގއ. ކޮލަމާފުށިން މީހަކު ފައްސިވެ ރަށް އަރައިނުފޭބޭ ހާލަތަށް ގެނެސްފައި ވާތީ، ކޯވިޑް-19އާ ގުޅިގެން އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް، އަރައިނުފޭބޭ ހާލަތް އުވާލަންދެން އިތުރަށް ހަރުދަނާ ކުރުމަށް، މިއަދު ބޭއްވި ކޮލަމާފުށި ޓާސްކްފޯހުގެ ކުއްލި ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.

އިޢުލާންގައި ބުނީ، އެގޮތުން ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައި ވާކަމަށެވެ. އަދި ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމާއި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަސް އަންގާ ކަމަށެވެ.

މީގެ އިތުރުން ގޭގެއަށް ޒިޔާރަތްކުރުން ހުއްޓާލުމާއި އެއްފަހަރާ 3 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުމުގެ އިތުރުން މަދަރުސާއަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް ވެސް އަންގާ ކަމަށް އިޢުލާންގައި ވެއެވެ. އަދި ސެލޫންތައް ބަންދުކުރުމާއި ޖިމްތަކާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުމާއި ފިހާރަތަކުން ޙިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުމަށްވެސް އަންގާ ކަމަށެވެ.

ހަމައެހެންމެ، ހޮޓާތަކާއި، ކެފޭތައް، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށާއި މީހުން އެއްތަނަކަށް އެއްކޮށްގެން ބާއްވާ ބައްދަލުވުންތައް ކޮންމެހެން ބާއްވަންޖެހިއްޖެ ކަމުގައި މެނުވީ ނުބޭއްވުމަސާއި އަދި މިސްކިތްތަކުގެ ވުޟޫކުރާބައި ބަންދުކޮށް، ގެއިން ވުޟޫކޮށްގެން އަމިއްލަ މުސައްލައެއް ހިފައިގެން މިސްކިތަށް ދިޔުމަށްވެސް ކައުންސިލުން ވަނީ އަންގާފައެވެ.

ކޮލަމާފުށީ ކައުންސިލުން ވަނީ މިޙައްޞާސް ދަނޑިވަޅުގައި މަތީގައި ދެންނެވިފައިވާ ކަންތައްތަކަށް ސަމާލުކަންދީގެން ޢަމަލުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް