ދިވެހިރާއްޖެއިން ކޯވިޑް-19ން ދިފާއުވުމަށް އިތުރު 777 މީހުން ވެކްސިން ޖަހައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހު (އިއްޔެ) ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ 135 މީހުންނެވެ. އެއީ މާލެއިން ވެކްސިން ޖެހި 37 މީހުންނާއި އަތޮޅުތެރެއިން 98 މީހުންނެވެ. މީގެ އިތުރަށް ހޯމަދުވަހު ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒު ޖެހީ 777 މީހުންނެވެ.
އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 193 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 584 މީހުންނެވެ.
https://twitter.com/HPA_MV/status/1404849477651877890
މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ ޖުމްލަ އަދަދު 314،194ށް އަރާފައިވާއިރު، ދެ ޑޯޒު ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 179،436 އަށް އަރާފައެވެ.
ދިވެހިރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި، ފައިޒަރ ވެކްސިން، އަދި ސިނޮފަރމް ވެކްސިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް