ފާޑުކިޔުން އަމާޒުވުމުން ބޭރުގެ ބަޔަކަށް އެއާޓްރެފިކް ކޮންޓްރޯލް ނުދެވޭ ގޮތަށް އިސްލާހުކޮށްފި

ފާޑުކިޔުން އަމާޒުވުމުން ބޭރުގެ ބަޔަކަށް އެއާޓްރެފިކް ކޮންޓްރޯލް ނުދެވޭ ގޮތަށް  ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (އެފްޑީއައި ޕޮލިސީ) އިސްލާހުކޮށްފި އެވެ. ބޭރުގެ 100 އިންސައްތަ ހިއްސާވާ ކުންފުނ...

16 Jun 2021 | 07:23

ފާޑުކިޔުން އަމާޒުވުމުން ބޭރުގެ ބަޔަކަށް އެއާޓްރެފިކް ކޮންޓްރޯލް ނުދެވޭ ގޮތަށް  ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (އެފްޑީއައި ޕޮލިސީ) އިސްލާހުކޮށްފި އެވެ.

ބޭރުގެ 100 އިންސައްތަ ހިއްސާވާ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓުތައް ހިންގޭ ގޮތަށް އެފްޑީއައި ޕޮލިސީއަށް އަލަށް ގެނައި އިސްލާހު ގެޒެޓްގައި ޝާއިއުކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ. އެންމެ ގިނަ ބަޔަކު ފާޑުކިޔާފައި ވަނީ އެއާ ޓްރެފިކް އޮޕަރޭޓްކުރުން ބޭރުގެ ފަރާތްތަކަށް ލިބިގެން ދާ ގޮތަށް އިސްލާހު އޮތީމައެވެ.

އެންމެ ފުރަތަމަ ޝާއިއުކުރުމުގައި ވަރަށް ސާފު އިބާރާތުން ބަޔާންކޮށްފައި ވާގޮތުުން ރާއްޖޭގެ އެއާޕޯޓްތަކުގައި އެއާ ޓްރެފިކް އޮޕަރޭޓްކުރުން ބޭރުގެ ފަރާތްތަކަށް ލިބިގެންދާނެއެވެ.

ކަންބޮޑުވުންތަކާ ގުޅިގެން، ޕޮލިސީގެ އިބާރާތްތައް އިސްލާހު ކުރުމަށްފަހު އަލުން ޝާއިއުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މީގެ ކުރިން ވަނީ ވިދާޅުވެފައިވެއެވެ.

އެފްޑީއައި ޕޮލިސީގެ އެނެކްސް 1ގެ ކްލާސް ކޯޑް H3 އަލުން ބަދަލުކުރުމަށްފަހު ޝާއިއުކުރި އިސްލާހުގައި ވާގޮތުން އެއާ ޓްރާސްޕޯޓް ސާވިސް އާ ގުޅުންހުރި ޚިދުމަތްތަކުގެ ތެރޭގައި ދައުލަތުގެ ބާރުގެ ދަށުގައިވާ ޚިދުމަތްތަކާއި ފެސިލިޓީތަކެއް ނުހިމެނެއެވެ. އެގޮތުން އެއާޓްރެފިކް ކޮންޓްރޯލް ކުރުމާއި، އިމިގްރޭޝަނާއި، ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީ ފަދަ ޚިދުމަތްތައް ނުހިމެނޭނެއެވެ.

ކުރިން ގެނައި އިސްލާހުގައި ވާގޮތަށް، ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ޚިދުމަތް ބޭރުގެ 100 ޕަސެންޓު ހިއްސާވާ ކުންފުނިތަކަށް ދެވޭނެ ކަމަށް އައު އިސްލާހުގައި ވެސް ބުނެފައިވެއެވެ އަދި އެއާވޭ ޓާމިނަލް ފަދަ ޓާމިނަލް ފެސިލިޓީތައް ހިމެނޭގޮތުން އެއާޕޯޓު އޮޕަރޭޓް ކުރުމާއި މެނޭޖް ކުރުމުގެ ޚިދުމަތް ވެސް ދެވޭނެކަމަށް ބުނެފައި ވެއެވެ. ހަމައެހެންމެ އެ ކުންފުނިތަކަށް ގްރައުންޑް ސާވިސް ޚިދުމަތް ދެވޭނެ ކަމަށް ވެސް އިސްލާހުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް