ކާޖޮލްގެ ތަފާތު ޕޯސްޓެއް އިންސްޓަގްރާމްގައި، އަކްޝޭ އަންހެނުން "ފަނީބޯންސް" އާ ވާދަ ކުރަން ފަށަނީ!

އަޖޭ ދޭވްގަންގެ އަންހެނުން ކާޖޮލް އަކީ މާބޮޑަށް ސޯޝަލް މީޑިއާ ވެގެން އުޅޭ މީހެއް ނޫނެވެ. ރަސްމީ އިންސްޓަގްރާމް ޕޭޖެއް އިންނަ ކާޖޮލް އަކީ ސޯޝަލް މީޑިއާގައި ހަރަކާތްތެރި މީހެކެވެ. އޭނާ ދޭތެރެ ދޭތެރެއިން...

16 Jun 2021 | 06:27

އަޖޭ ދޭވްގަންގެ އަންހެނުން ކާޖޮލް އަކީ މާބޮޑަށް ސޯޝަލް މީޑިއާ ވެގެން އުޅޭ މީހެއް ނޫނެވެ.

ރަސްމީ އިންސްޓަގްރާމް ޕޭޖެއް އިންނަ ކާޖޮލް އަކީ ސޯޝަލް މީޑިއާގައި ހަރަކާތްތެރި މީހެކެވެ. އޭނާ ދޭތެރެ ދޭތެރެއިން އިންސްޓްގްރާމަށް ފޮޓޯ އާއި ވީޑިއޯ އަޕްލޯޑު ކުރިޔަސް ބޭކާރު ކަންކަމާއި ގުޅޭގޮތުން ވަރަށް ޕޯސްޓުތައް ނުކުރެ އެވެ.

އެކަމަކު މިފަހަރު އިންސްޓްގަރާމްގައި ކުރި ޕޯސްޓަކުން މީޑިއާގައި ވަނީ ކާޖޮލްގެ މަގުސަދާއި ގުޅޭގޮތުން ކޮންމެސް ވަރަކަށް ވާހަކަ ދައްކާފައި އެވެ.

އޭނާގެ ޕޯސްޓުގައި ސްކްރިޕްޓެއް ކިޔަމުން ނިޔަފަތި އަނގަޔަށް ލައި ދަތް އަޅައިގެން ހުންނަތަން ފެނެ އެވެ. އަދި ބުނެފައިވަނީ މިއަދު ނިޔަފަތީގައި ދަތް ނާޅާނެ ކަމަށެވެ. މީގެ ކުރިން ކާޖޮލް ވަނީ އެއީ އޭނާ ކުރަން ބޭނުންވިޔަސް ނުހުއްޓުނު އާދައެއް ކަމަށާއި ކޮންމެ ދުވަހަކު ހެނދުނު ތެދުވާއިރު އެކަމަށް އަޒުމު ކަނޑައަޅާ ކަމަށެވެ.

https://www.instagram.com/p/CQITuPnJC4j/?utm_source=ig_embed&ig_rid=7029efe3-d7d5-44b4-af56-80065750149d

ކާޖޮލްގެ މި ފޮޓޯއާއި ގުޅޭގޮތުން ބައެއް އޮންލައިން ނޫސްތަކުގައި ބުނެފައިވަނީ އޭނާ އަކީ މިފަދަ ޕޯސްޓުތައް ކޮށް، މިފަދަ ވާހަކަ ދައްކާ މީހެއް ނޫން ކަމަށެވެ. އާންމުކޮށް އެކަހަލ ބޭކާރު ނުވަތަ ދިރިއުޅުމުގައި ހިނގާ ކޫސަނި ކަންކަަމުގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް ފޫހިފިލުވާ މީހަކީ އަކްޝޭ ކުމާރުގެ އަންހެނުން ޓުވިންކަލް ކަންނާ ނުވަތަ ސޯޝަލް މީޑިއާ ނަމުންނަމަ "މިސިސްފަނީބޯންސް" އެވެ.

ޓްވިންކަލް މަޝްހޫރުވެފައި އޮންނަނީ ވާހަކަ ލިޔުމުގެ އިތުރުން އަކްޝޭ ފިލްމު ކުޅެގެން ހޯދާ ފައިސާއިން މުއްސަނދިކަމާއި އުފަލުގައި އުޅޭތަން ސޯޝަލް މީޑިއާއިން ދައްކާ ސަމާލުކަން ހޯދަން އުޅޭ މީހެއްގެ ގޮތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް