ސަރުކާރަށް ތާއިދު ނުކުރެވޭ ޕާޓީތަކުން ސަރުކާރު ކޯލިޝަނުން ވަކިވާން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ގޮވާލައްވައިފި އެވެ.
ހަލީލް މި ކަމަށް ގޮވާލެއްވީ ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފްރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވައިފައިވާ ބިލް މަޖިލީހަށް ހުށަހެޅުއްވީ ބިލާ ދެކޮޅަށް ކޯލިޝަންގައި ހިމެނިވަޑައިންނަވާ އަދާލަތު ޕާޓީ އާއި ޖުމްހޫރި ޕާތީން ބަޔާނެއް ނެރެފައި ވާތީ އެކަމާއި ގުޅިގެން ހަލީމް ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ހަލީމް ވަނީ ބިލްތަކަށް ތާއިދު ނުކުރެވެންޏާ ކޯލިޝަނުން ވަކިވާންވީ ނޫންތޯއޭ ވިދާޅުވެފައެވެ.
"ކޯލިޝަން ސަރުކާރުން ހުށައަޅާ ބިލުތައް ވާނީ ކޯލިޝަންގެ ހުރިހާ ބައިވެރިންގެ ތާއިދު އޮންނަ ބިލަކަމަށް. ނޫނީ ކޯލިޝަނުން ވަކިވާންވީ ނޫންތޯ" ހަލީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.
https://twitter.com/Dhonbiley/status/1404828164564471810
ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ކަމަށް ވިދާޅުވެ ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު ހިސާން ހުށަހެޅުއްވި މި ބިލްގެ އިބްތިދާއީ ބަހުސް ނިންމައި އެ ބިލު ބަލައިގަތުމާ ގުޅޭ ގޮތުން އިއްޔެ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 38 މެމްބަރަކު ވޯޓު ދެއްވިއެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވީ 17 މެމްބަރުންނެވެ. މިއާއެކު އެ އިސްލާހު ވަނީ މަޖިލީހުގެ ޖުޑީޝަލް ކޮމިޓީއަށް ފޮނުވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް