އަވަށްޓެރި އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ހުދުކުލައިގެ ބުދެއްގައި މާސްކު އަޅުވައި އެއަށް "ކޮރޯނާ މާތާ" ގެ ނަން ދީ، އެ ބުދަށް އަޅުކަން ކުރަން ފަށައިފިއެވެ.
މި ބުދަށް "ކޮރޯނާ މާތާ" ގެ ނަން ދިނުމަށްފަހު ހިތިގަހެއްގެ ދަށުގައި ފައްޅިއެއްވެސް މިހާރު ވަނީ އަޅާފައެވެ. އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ބުދަށް އަޅުކަން ކުރުމަށް މިހާރު ގިނަ ބަޔަކު އެއްވަމުން ދެއެވެ.
މިއީ އިންޑިއާގައި ކޮވިޑާއި ގުޅިގެން އެމީހުން އުފަންކުރުވި ދެވަނަ ކަލާނގެއެވެ. މީގެ ކުރިން ކޮރޯނާ ދޭވީގެ ނަމުގައިވެސް ކަލާނގެއެއް އުފަންކޮށް އެއަށް އަޅުކަން ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް