އިންޑިއާގެ މަހާރާޖްގަންޖް ސަރަަހައްދުގައި މުސްލިމެއްކަމަށްބުނެ އަންހެން މީހާގެ އާއިލާއަށް އޮޅުވާލައިގެން އުޅުނު ފިރިހެނަކަށް އުރުދޫ ބަސް ނޭނގުމުން ކައިވެނި ހުއްޓުމަކަށް ގެނެސް ފުލުހުންނާ ހަވާލުކޮށްފިއެވެ.
އެ ސަރަހައްދުގެ ކޮޅުއި ޕޮލިސްސްޓޭޝަނުން ބުނެފައިވާގޮތުގައި އެ ފިރިހެންމީހާއަކީ އަސްލު މުސްލިމެއް ނޫންކަން، ކައިވެނިކުރަން އުޅުނު އަންހެންމީހާއަށް ކުރިން އެނގެއެވެ. ސޯޝަލް މީޑިއާއިން ދެމީހުން ބައްދަލުވެ، ލޯބީގެ ގުޅުމަށް ބަދަލުވެ، މުސްލިމް އުސޫލުތަކުގެ މަތިން ކައިވެނި ކުރަން ބޭނުންވީ އަންހެންމީހާކަމަށް ބުނެފައިވެއެެެވެ.
ފިރިހެންމީހާއަކީ މުސްލިމެއް ނޫންކަން ފަޅާއެރީ ކައިވެނީގެ ހަފްލާގައި އުރުދޫބަހުން ކިޔަންޖެހޭ ބައިތަކެއް އޭނާއަށް ކިޔަން ނޭނގިގެންނެވެ. އެވަގުތު އަންހެންމީހާގެ އާއިލާއަށް އެއީ މުސްލިމެއް ނޫންކަން ޝައްކު ކުރެވިގެން އައިޑީކާޑު ބެލިއިރު އެއީ މުސްލިިމެއް ނޫންކަން އެނގުމުން ފުލުހުންނާ ހަވާލުކުރީކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް