ރައްދުގައި ކަމަށްބުނެ އިޒްރޭލުން ފަލަސްތީނަށް ހަމަލާތަކެއް ދީފިއެވެ.
އިޒްރޭލުން ގާޒާއަށް ރޭގައި ހަމަލާތަކެއް ދިނުމަށްފަހު ބުނެފައިވަނީ މި ހަމަލާތަކަކީ އިޒްރޭލަށް އަމާޒުކޮށް ފަލަސްތީނުގެ، ގާޒާ ސަރަހައްދުން، އަލިފާން ރޯވާގޮތަށް ދޫކުރި ފުއްޕާހަންތަކުގެ ބަދަލުގައި ދިން ހަމަލާތަކެއް ކަމަށެވެ.
އަދި މިފަދަ ކޮންމެ ހަމަލާއަކަށް ރައްދުދޭން އިޒްރޭލުން އޮތީ ތައްޔާރަށް ކަމަށްެވެސް އިޒްރޭލުން ބުނެފައިވެއެވެ.
މި ހަމަލާތަކަކީ 11 ދުވަހަށް ދެމިދިޔަ ހުއްޓުމެއްނެތް ހަމަލާތައް މިދިޔަ މަހުގެ 21ގައި ނިމުމަކަށް ގެނައުމަށްފަހު އިޒްރޭލުން ދިން މިފަދަ ވަރުގަދަ ފުރަތަމަ ހަމަލާއެވެ.
11 ދުވަހަށް ދެމިދިޔަ ހަމަލާތަކުގައި 256 މުސްލިމަކު ފަލަސްތީނުން ޝަހީދުވެފައިވެއެވެ. އޭގެތެރޭގައި 66 ކުޑަ ކުދިން ހިމެނެއެވެެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް