ރޮނާލްޑޯގެ ދަތް ދޮޅީގެ ސެލެބްރޭޝަންގެ މާނައަކީ މީ!

ފިފާ ވޯލްޑް ކަޕް 2018 ގެ ގްރޫޕް ސްޓޭޖުގައި ރޭ ޕޯޗުގަލްއާއި ސްޕެއިން ބައްދަލު ކުރިމެގައި ޕޯޗުގަލް ވަނީ އެންމެ ހަތަރު މިނެޓު ތެރޭގައި ކުރި ހޯދައިފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި ސްޕެއިންގެ ނާޗޯ ރޮނާލް...

16 Jun 2018 | 02:39

ފިފާ ވޯލްޑް ކަޕް 2018 ގެ ގްރޫޕް ސްޓޭޖުގައި ރޭ ޕޯޗުގަލްއާއި ސްޕެއިން ބައްދަލު ކުރިމެގައި ޕޯޗުގަލް ވަނީ އެންމެ ހަތަރު މިނެޓު ތެރޭގައި ކުރި ހޯދައިފައެވެ.

މެޗުގެ ތިންވަނަ މިނެޓުގައި ސްޕެއިންގެ ނާޗޯ ރޮނާލްޑޯއަށް ކުރި ފައުލަކާއި ގުޅިގެން ޕޯޗުގަލްއަށް ދިން ޕެނަލްޓީ ކާމިޔާބުކޮށްގެން ޕޯޗުގަލްއަށް ކުރި ހޯދައިދީފައިވަނީ އޭނާ އެވެ. މިގޯލް ކާމިޔާބު ކޮށްދިނުމަށްފަހު ރޮނާލްޑޯގެ "ރައިޓް ހިޔާ، ރައިޓް ނައޮ" ސެލެބްރޭޝަންއަށް ފަހު ވަނީ ދަތްދޮޅީގައި އަތުން ފިރުމާލުމައިގެން ވެސް ސެލެބްރޭޓްކޮށްފައެވެ.

މި މަންޒަރު ގިނަބައެއްގެ ލޮލޮގައި އަޅައިނެ އޭގެ މަނައަކީ ކޮބައިތޯ ވަނީ ސުވާލުކޮށްފައެވެ.

ގިނަ ބަޔަކު އެއްބަސްވާގޮތުގައި އޭގެން ރަމްޒުކޮށްދެނީ ބަކައްޓެކެވެ. ނުވަތަ "ގޯޓް" އެކެވެ. ފުޓުބޯޅައިގެ ދުނިޔޭގައި ގޯޓް ގެ މާނައަކީ "ގްރޭޓަސްޓް އޮފް އޯލް ޓައިމް" އެވެ. ދިވެހިން ބުނާނަމަ ހުރިހާ އިރެއްގައި ވެސް އެންމެ މޮޅެވެ.

އެހެންކަމުން ރޮނާލްޑޯގެ އެ ސެލްބްރޭޝަން އިން ފޯރުކޮށްދޭން ބެނުންވާ މެސެޖަކީ އޭނައަކީ ހުރިހާ އިރެއްގެވެސް އެންމެ މޮޅު ކުޅުންތެރިޔާކަމެވެ. "ގޯޓް" އަކީ އޭނާކަމެވެ. އާންމު ގޮތެއްގައި "ގޯޓް" ނިސްބަތް ކުރަނީ ބާސެލޯނާ އަދި އާޖެންޓީނާގެ ތަރި ލަޔޮނަލް މެސީ އަށެވެ. އެހެންކަމުން މިސެލެބްރޭޝަން އާއިއެކު ރޮނާލްޑޯ އެވަނީ މެސީއަށް ގޮންޖަހާފައެވެ.

ވޯލްޑް ކަޕުގެ ގްރޫޕް ބީގައި ޕޯޗުގަލްއާއި ސްޕެއިން ބައްދަލު ކުރި މެޗު ނިމިގެން ގޮސްފައިވަނީ 3-3 އަކުން އެއްވަރުވެގެންނެވެ. މި މެޗުގައި ރޮނާލްޑޯ ވަނީ ހެޓްރިކް ހަދައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް