ހއ އިހަވަންދޫ އައިސް ޕްލާންޓް ތެރޭގައި ދިވެއްސަކު މަރާލާފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ހއ އިހަވަންދޫ އައިސް ޕްލާންޓް ތެރޭގައި ޒަހަމް ތަކަކާއެކު މީހަކު މަރާލާފައި އޮއްވާ ފެނިފައިވާކަމަށެވެ. ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހަވީރު 4:15 ހާއިރު ކަމަށެވެ. މަރުވެފައި އޮއްވާ ފެނުނީ 54 އަހަރުގެ ދިވެއްސެއް ކަމަށެވެ.
ޒަހަމް ތަކަކާއެކު މަރާލާފައި އޮއްވާ ފެނިފައިވަނީ ޅ ހިންނަވަރު އިސްމާއިލް އުމަރެވެ. އެ އައިސް ޕްލާންޓަކީ ފެލިވަރު އައިސް ޕްލާންޓެކެވެ. އެތަނުގެ ވަޒީފާގައި ތިން ދިވެހިންނާއި ބިދޭސީއަކު އުޅެ އެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގަށް، ތުހުމަތުގައި ބިދޭސީއަކު ހައްޔަރު ކޮށްފައިވާކަމަށެވެ.
ތަފްސީލް އަންނަނީ ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް