ނީލަން ފިހާރައިގަ އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭ ސިޓީ ނީލަން ފިހާރައިގަ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ އެ ތަނުގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓު ކޮށްފައިވަނީ ހެ...

16 Jun 2017 | 07:41

މާލޭ ސިޓީ ނީލަން ފިހާރައިގަ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ އެ ތަނުގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓު ކޮށްފައިވަނީ ހެނދުނު 7:00 ހާއިރު ކަމަށެވެ.  އަދި ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން ކުރި މަސައްކަތުން އަލިފާން ގަނޑު ނިވާލެވިފައިވަނީ 7:35 ހާއިރު ކަމަށެވެ.

ރޯވެފައިވަނީ ނީލަން ފިހާރައިގަ ހުރި ލަކުޑިތަކެއްގައި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ފުލުހުން ދަނީ ނީލަން ފިހާރައިގަ އަލިފާން ރޯވި ހާދިސާ ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިންވެސް ނީލަން ފިހާރައިގަ އަލިފާނުގެ ހާދިސާތައް ހިނގާފައިވެ އެވެ. އަދި އެ ތަނުގައި ހުރި ހުރިހާ އެއްޗެއް އަނދާ ހުލިވެފައިވެސް ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް