ދަންގާލް އަށް ފަހު ސަލްމާންގެ ސުލްތާންވެސް ޗައިނާއަށް

އާމިރު ހާންގެ ސުޕާ ހިޓް ފިލްމު "ދަންގާލް" އަށް ޗައިނާގައި ވަނީ މިދިޔަ މަހެއްހާ ދުވަހު ބޮޑު ތަރުހީބެއް ލިބިފައި އެވެ. ޗައިނާގައި "ދަންގާލް" ފުރަތަމަ ދެއްކީ މިދިޔަ މަހު ބޭއްވި ބެއިޖިން ފިލްމު ފެސްޓިވަލް...

16 Jun 2017 | 04:30

އާމިރު ހާންގެ ސުޕާ ހިޓް ފިލްމު "ދަންގާލް" އަށް ޗައިނާގައި ވަނީ މިދިޔަ މަހެއްހާ ދުވަހު ބޮޑު ތަރުހީބެއް ލިބިފައި އެވެ. ޗައިނާގައި "ދަންގާލް" ފުރަތަމަ ދެއްކީ މިދިޔަ މަހު ބޭއްވި ބެއިޖިން ފިލްމު ފެސްޓިވަލްގައި އެވެ.

ދަންގާލްއަށް ފަހު މިދިޔަ އަހަރު ރިލީޒް ކުރި ސަލްމާން ހާންގެ ފިލްމު " ސުލްތާން" ޗައިނާގައި އެޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނެފައިވަނީ "ސުލްތާން ޗައިނާގައި ފުރަތަމަ ދައްކާނީ މި މަހު އޮންނަ ޝެންހާއީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ކަމަށެވެ.

މި ފެސްޓިވަލް އޮންނާނީ މިމަހުގެ 17 ން 26 އަށެވެ.

ސަލްމާން އާއި އެކު އަނުޝްކާ ފެނިގެން ދިޔަ މި ފިލްމަށް ޗައިނާއިން ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެއީ ދަންގާލް އަށް ޗައިނާގައި ލިބެމުންދާ ތަރުހީބު ބޮޑު ކަމުންނެވެ.

ސަލްމާންގެ ފިލްމު "ސުލްތާން ޗައިނާގައި ދައްކަން ފަށާއިރު އޭނާގެ އެންމެ ފަހުގެ ފިލްމު "ޓިއުބްލައިޓް މިމަހުގެ 23 ގައި ރިލީޒް ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް