ހިކެން ކަރީނާ ނުކުރާ ކަމެއް ނެތް، އެންމެ ދުވަހަކުވެސް ޖިމްއަށް ސަލާމެއް ނުބުނޭ!

ކަރީނާ ކަޕޫރު ވިހޭތާ މަހެއް ނުވަނީސް ކަސްރަތު ކުރަން ފަށައި ބަރުދަން ލުއި ކުރުމުގެ މަސައްކަތް ފެށި އެވެ. އޭނާ އެކަން ކާމިޔާބު ކުރާކަން އެނގުނީ ވިހޭތާ ދެތިން މަހެއްގެ ތެރޭގައި ބަރުދަން ލުއިކޮށް ކަރީނާ ...

16 Jun 2017 | 04:00

ކަރީނާ ކަޕޫރު ވިހޭތާ މަހެއް ނުވަނީސް ކަސްރަތު ކުރަން ފަށައި ބަރުދަން ލުއި ކުރުމުގެ މަސައްކަތް ފެށި އެވެ. އޭނާ އެކަން ކާމިޔާބު ކުރާކަން އެނގުނީ ވިހޭތާ ދެތިން މަހެއްގެ ތެރޭގައި ބަރުދަން ލުއިކޮށް ކަރީނާ ވަރަށް ބޮޑަށް ހިކިފައިވާތަން ފެނުމުންނެވެ.

އެކަމަކު އަދި ކަރީނާ ހަށިގަނޑު ހުންނަން އޭނާ ބޭނުންވާ ވަރާއި ގާތްވެސް ނުކުރެ އެވެ. އެކަން އެނގެނީ މިހާރު މާގަދަޔަށް ކަސްރަތުކޮށް ހަދާތީ އޭގެ ނޭދެވޭ އަސަރު އޭނާއަށް ކުރާތީ އެވެ.

ކަރީނާ މިހާރު ތައްޔާރުވަމުން ދަނީ އެންމެ އަވަށް އޭނާ މަސައްކަތް ފަށާ "ވީރޭ ދި ވެޑިން" އަށެވެ. އެ ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ކަރީނާ ބޭނުންވަނީ ތައިމޫރު ވިހައިގެން ގައިގަ ޖެހި މަސްތަކާއި، ބަރުދަން ލުއި ކުރާށެވެ. އެހެންވެ އެންމެ ދުވަހަކުވެސް ޖިމްއަށް ނުގޮސް ނުހުންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ބޮޑެތި ބުރަ އަދި ވަރުގަދަ ކަސްރަތުތަކެއް ކަރީނާ ކުރާ ކަމަށް ވެ އެވެ.

އެގޮތުން ބޮކްސިން ތެޅުމާއި ބަރު އުފުލުމާއި މަސްތައް ވިރުވުމަށް ކުރާ ތަފާތު ކަސްރަތު ކުރާ ކަމަށްވެ އެވެ. އަދި ޔޯގާވެސް ޖައްސަ އެވެ.

އެހާ ވަރުގަދަ ކަސްރަތުތަކެއް ކުރުމުގެ ސަބަބުން ކަރީނާގެ ސިއްހަތަށް ގެއްލުންވާއިރުވެސް ދުވަސް ކޮޅަކަށް މަޑުކޮށްލާކަށް ބޭނުމެއް ނުވެ އެވެ. ކަރީނާގެ ގާތް މީހަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި މިފަހަކުން ކުރި މާވަރުގަދަ ކަސްރަތަކާއި ގުޅިގެން ކަރީނާ ވަނީ ވަރަށް ބޮޑަށް ބަލިވެފަ އެވެ.

އަދި ޑޮކްޓަރު އޭނާއަށް އަރާމު ކުރުމަށް އެންގުމުން ޑައިރެކްޓަރު ކަރަން ޖޯހަރު ބޭއްވި ޕާޓީއަކަށްވެސް ކަރީނާއަކަށް ނުދެވުނެވެ.

ކަރީނާ އާއި ސައިފްއަށް ތައިމޫރު ލިބުނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭގެ ފަހުން އަދި ކަރީނާ ހުރީ ފިލްމު ކުޅުމާއި ދުރުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް