އަމިއްލަ ކްލިނިކުތަކުން ހަދާ ބިދޭސީންގެ ވޯކް ޕާމިޓަށް ބޭނުންވާ މެޑިކަލް ރިޕޯޓު ބަލައި ނުގަންނަން ހެލްތް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ބިދޭސީންގެ މެޑިކަލް ރިޕޯޓު ހަދަން ޖެހޭނީ ހޮސްޕިޓަލުތަކުން ކަމަށްކަމަށެވެ. މެޑިކަލް ރިޕޯޓު ހެދޭނީ އައިޖީއެމްއެޗު، ހުޅުމާލޭ ހޮސްޕިޓަލް، އޭޑީކޭ އަދި އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ސަރުކާރު ހޮސްޕިޓަލުތަކުންނެވެ.
މި ބަދަލު ގެންނަން ނިންމީ ރާއްޖެ އަންނަ ބިދޭސީންގެ ފުށުން ގައިން ގަޔަށް އަރާ ބަލިތައް ފެތުރުން އިތުރުވެދާނެތީ މެޑިކަލް ރިޕޯޓުތައް ހެދުން ހަރުދަނާ ކުރުމަށެވެ. ބައެއް ކްލިނިކްތަކުން ނުރައްކާތެރި ބަލިތައް ހުންނަ ބިދޭސީންގެ މެޑިކަލް ރިޕޯޓުގައި އެކަން ފާހަގަ ނުކުރާ މައްސަލަތަކެއް ވަނީ ފެންމަތިވެފައި އެވެ.
އިމިގްރޭޝަނުން ބުނީ އެ ޑިޕާޓްމަންޓުންވެސް މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ހެލްތް މިނިސްޓްރީގެ މި އިއުލާނަށް އަމަލު ކުރަން ފަށާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް