ކާރިސާތަކުގައި ބޭނުން ކުރާނެ 70.8 މިލިއަން ރުފިޔާ (500 މިލިއަން ޔެން)ގެ ތަކެތި ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.
މިތަކެތި ސަރުކާރާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރުގެ ނައިބު ފާތިމަތު ތަސްނީމެވެ. އެތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަޒުމީ އެންޑޯ އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި ތަކެތި ރާއްޖޭގެ ހުރިހާ ސަރަހައްދު ތަކެއްގައި ބޭނުން ކުރަން ފޮނުވަން ހަމަޖެހިފައިވާކަމަށެވެ.
ޖަޕާނުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 70 ފަޔާ ޕަންޕު، ހަތަރު އިންޖީނު ފޯކްލިފްޓު، އަށް ވޯޓާ ޓްރަކް އަދި ހަތަރު ކްރޭން ޓްރަކް އެވެ. އަދި ހަ ލައިފް ބޯޓާއި 10 ޖަނެރޭޓަރާއި 15 ޗެއިން ސޯވެސް އެގައުމުން ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.
މިތަކެތި އެ ގައުމުން ރާއްޖެއަށް ދީފައިވަނީ ހިލޭ އެހީގެ ގޮތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް