ހިތަދޫ މާރާމާރީގައި ޒަހަމްކޮށްލި ޒުވާނާ މަރުވެއްޖެ

އައްޑޫ ސިޓީ، ހިތަދޫގައި ރޭ ހިންގި މާރާމާރީގައި ޒަހަމްކޮށްލި މީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވެއްޖެ އެވެ. މަރުވެފައި ވަނީ ހިތަދޫ، އެތީނާގެ، ހުސައިން ޝިޔ...

16 Jun 2015 | 07:11

އައްޑޫ ސިޓީ، ހިތަދޫގައި ރޭ ހިންގި މާރާމާރީގައި ޒަހަމްކޮށްލި މީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ ހިތަދޫ، އެތީނާގެ، ހުސައިން ޝިޔާރު، 19، އެވެ.

އެ ހޮސްޕިޓަލުން ބުނީ އޭނާ މަރުވީ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު 10:45 ގައި ކަމަށެވެ. ރޭގެ މާރާމާރީގައި އެ ޒުވާނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދިނުމުން ކަފައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ހުސައިން ޝިޔާރަށް ހަމަލާދިނީ މޫނު ނިވާކޮށްގެން ތިބި ގްރޫޕަކުން ކަމަށްވެ އެވެ. އޭނާއަށް އެ ހަމަލާދިނީ ގޭގައި ހުއްޓަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލައާއި ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް އެނގިފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް