ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ރޯދަމަހާއި ދިމާކޮށް ހެޔޮ ކޮށްފި އެވެ.
އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ފިޔާ ބަސްތާއެއް ވިއްކާނީ 220ރ. ކަަމަށާއި ވަކިން ކިލޯއެއް ވިއްކާނީ 10ރ. އަށް ކަަމަށެވެ. އެސްޓީއޯއިން ކުރިން ފިޔާ ބަސްތާއެއް ވިއްކާފައިވަނީ 250ރ. އަށެވެ. އަދި ފިޔާ ކިލޯއެއް ވިއްކާފައި ވަނީ 12ރ. އަށެވެ.
ކުރިން 250ރ. އަށް ވިއްކަމުން އައި އަލުވި ބަސްތާއެއް މިއަދުން ފެށިގެން ވިއްކާނީ 180ރ. އަށެވެ. އަދި 12ރ. އަށް ވިއްކަމުން އައި އަލުވި ކިލޯއެއް މިއަދުން ފެށިގެން ވިއްކާނީ ނުވަ ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.
ފިޔާ އަދި އަލުވީގެ އަގު އެސްޓީއޯއިން ހެޔޮ ކުރި ނަމަވެސް ބިސް ވިއްކާ އަގަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެސްޓީއޯއިން ބިސް ކޭހެއް 270 ރުފިޔާއަށް ވިއްކާއިރު، ބިހެއް ވިއްކަނީ އެއް ރުފިޔާ 50 ލާރި އަށެވެ.
ކޮންމެ ރޯދަމަހަކާ ދިމާކޮށް އެސްޓީއޯއިން އަލުވި، ބިސް އަދި ފިޔާ އެތެރެކޮށް އަގު ހެޔޮކޮށް ވިއްކަމުންދާއިރު އެ ބާވަތްތައް މި އަހަރުވެސް މަދުނުވެ ލިބޭނެ ކަމުގެ ޔަގީންކަން އެސްޓީއޯ އިން ވަނީ ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް