ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސާވިސް އިތުރު އޭޓީއެމްތަކެއް ހުޅުވައިފި އެވެ.
ބީއެމްއެލްއިން ބުނީ އަމީނީ މަގު ފިނޭންސް މިނިސްޓްރީ ކައިރީ މިއަދު ހުޅުވީ ހަތް ވަނަ ސެލްފް ސާވިސް ބޭންކިން ޔުނިޓު ކަމަށެވެ. އެ ތަނުގައި ހަތަރު އޭޓީއެމް ބެހެއްޓިފައިވެ އެވެ،
އެ ބޭންކުން ބުނީ މި އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ޓްރާންސްފާ ކުރުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.
މިއަދު ހުޅުވި އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ އަލަށް ތައާރަފްކުރެވުނު މި ހުދުމަތުގެ ބޭނުން ިހާޜު 100،000 ކަސްޓަމަރުން ހިފާކަމީ ހިދުމަތުގެ މަގުބޫލުކަމާއި ލުއިފަސޭހަކަން ދައްކުވައިދޭ ކަމެއްކަމަށެވެ.
" ސެލްފް ސަރވިސް ބޭންކިންގ އަކީ ބޭންކިންގ ޚިދުމަތް ހޯދުމަށް އަދި ވަރަށް އާ ގޮތެއް ކަމަށްވިޔަސް މަހަކު 100،000 ކަސްޓަމަރުން މި ހިދުމަތް ބޭނުންކުރާ ކަމީ، މި ޚިދުމަތުގެ މަގްބޫލްކަމާއި ލުއި ފަސޭހަކަން ދައްކުވައިދޭ ކަމެއް. މިދެންނެވި އެއްލައްކަ ކަސްޓަމަރުން މިވަނީ ޚިދުމަތް ހޯދުމަށް ބްރާންޗް ކިޔޫގައި މަޑުކުރެއްވުމުގެ ބަދަލުގައި މި ގޮތް ހިޔާރުކޮށްފައި. ރަމަޟާން މަހާއި ދިމާކޮށް އަމީނީމަގު،ފިނޭންސް މިނިސްޓްރީގައި މިތަން ހުޅުވެގެން ދިޔުމަކީ ސެލްފް ސަރވިސް ބޭންކިންގ ޔުނިޓްތަކާ 6 އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އެންޑްރޫ ވިދާޅުވި އެވެ.
އެ ސަރަހައްދުގައި ކުރިން ބަހައްޓާފައި ހުރީ ދެ އޭޓީއެމެވެ. އެ އޭޓީއެމްތަކަކީ އާންމުކޮށް ރަސްމީ ދުވަސްތަކުގައި ބާރުބޮޑުވާ އޭޓީއެމްތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް