މިއަދުން ފެށިގެން ކްރިމިނަލް ކޯޓު ރިސެސްއަށް ހިނގައްޖެ

ކްރިމިނަލް ކޯޓުގެ އަހަރީ ކަލަންޑަރާ އެއްގޮތަށް މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް އެ ކޯޓު ރިސެސްއަށް ހިނގައްޖެ އެވެ. ކްރިމިނަލް ކޯޓުގެ އަހަރީ ކަލަންޑަރުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގ...

16 Jun 2015 | 06:33

ކްރިމިނަލް ކޯޓުގެ އަހަރީ ކަލަންޑަރާ އެއްގޮތަށް މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް އެ ކޯޓު ރިސެސްއަށް ހިނގައްޖެ އެވެ.

ކްރިމިނަލް ކޯޓުގެ އަހަރީ ކަލަންޑަރުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 15 އިން ފެށިގެން އެ މަހުގެ ނިޔަލަށް އެ ކޯޓުގެ ރިސެސް އަށް ދާނެ އެވެ.

އާންމު ގޮތެއްގައި ރިސެސް މުއްދަތުގައި ހުރިހާ ޝަރީއަތްތަކެއް މެދުކަނޑާލާ ގޮތަށް އޮތަސް ކްރިމިނަލް ކޯޓުން ބުނީ ހުރިހާ ޝަރީއަތްތަކެއް މެދުކަނޑާލުމުގެ ބަދަލުގައި، ރިސެސްގައި ޝަރީއަތްތައް މަދުކޮށްލާނެ ކަމަށެވެ. ނަމަވެސް އެހެން އިދާރީ މަސައްކަތްތައް ކުރިއެކޭ ވެސް އެގޮތަށް ކުރިއަށް ގެންދާނެ އެވެ.

ކްރިމިނަލް ކޯޓު މިއަދު ރިސެސްއަށް ގޮސްފައިވާއިރު ޖުވެނައިލް ކޯޓުގެ ރިސެސް މުއްދަތު މިއަދު ނިމުމަކަށް އަންނާނެ އެވެ. އަދި ސިވިލް ކޯޓުގެ ރިސެސް މުއްދަތު ވެސް މިމަހުގެ 10 ގައި ވަނީ ނިމިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް