އަސްކޮއި ގްރޫޕު ޖޫރިމަނާކޮށް ރަމަޟާން ޢުމްރާއަށް ފައިސާ ދެއްކި ފަރާތްތަކަށް ރީފަންޑު ދިނުމަށް އަންގައިފި

ޢުމްރާއަށް ދިވެހިން ގެންދާ ގްރޫޕެއް ކަމުގައިވާ އަސްކޮއި ޓްރެވަލް ސާރވިސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށް، ރަމަޟާން ޢުމްރާއަށް ފައިސާ ދެއްކި ފަރާތްތަކަށް ރީފަންޑު ދިނުމަށް އިސްލާމީ ކަންތައްތަކާއިބެހޭ ...

16 May 2025 | 06:19

ޢުމްރާއަށް ދިވެހިން ގެންދާ ގްރޫޕެއް ކަމުގައިވާ އަސްކޮއި ޓްރެވަލް ސާރވިސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށް، ރަމަޟާން ޢުމްރާއަށް ފައިސާ ދެއްކި ފަރާތްތަކަށް ރީފަންޑު ދިނުމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން އަންގައިފިއެވެ.

އެ ވުޒާރާއިން އިއްޔެ ބުނެފައިވަނީ އެ ފިޔަވަޅު އަޅާފައިވަނީ ޢުމްރާއަށް މީހުން ގެންދިއުމުގެ އުޞޫލު އަދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ އާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސސްވުމާއި އަސްކޮއި ޓްރެވަލް ސަރވިސް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވާތީ ކަމަށެވެ.

އެ އުޞޫލުގެ ދަށުން އަސްކޮއި ގްރޫޕް 130،000ރ (އެއްލައްކަ ތިރީސް ހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމަށާއި އެ ފައިސާ ދެއްކުމަށް ވުޒާރާއިން އަންގާތާ 30 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށާއި 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޢުމްރާ ދަތުރަށް ދުރާލާ ފައިސާ ދައްކާފައިވާ ނުވަ މީހުންގެ ރިފަންޑު އެފަރާތްތަކަށް އަނބުރާ ޙަވާލުކުރުމަށް އަންގާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް