ޔޫތު މިނިސްޓްރީން ކަރޯކޭ ނައިޓެއް ބާއްވަނީ

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން މާލޭގައި ކަރޯކޭ ނައިޓެއް ބާއްވަން ނިންމައިފިއެވެ. އެ މިނިސްޓްރީން ބުނެފައިވާގޮތުގައި މި ކަރޯކޭ ނައިޓް އޮންނާނީ މި މަހުގެ 24، ވާ ހުކ...

16 May 2024 | 14:45

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން މާލޭގައި ކަރޯކޭ ނައިޓެއް ބާއްވަން ނިންމައިފިއެވެ.

އެ މިނިސްޓްރީން ބުނެފައިވާގޮތުގައި މި ކަރޯކޭ ނައިޓް އޮންނާނީ މި މަހުގެ 24، ވާ ހުކުރު ދުވަހުގެރޭގައެވެ.

އެ ރޭ 08:30 އިން އެ ރޭގެ 12:00 އާއި ހަމައަށް ކުރިއަށްގެންދަން ނިންމާފައިވާ މި ކަރޯކޭ ނައިޓް އޮންނާނީ ސޯޝަލް ސެންޓަރުގެ ހަރުގޭގައިކަމށް މިނިސްޓްރީން ބުނެފައިވެއެވެ.

މި ކަރޯކޭގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު މިނިސްޓްރީން އާންމުކޮށްފައިވާ ކިއުއާރް ކޯޑު މެދުވެރިކޮށް ނުވަތަ 7925704 އަށް މެސެޖު ކޮށްގެން ނޫނީ ގުޅައިގެން މި ކަރޯކޭ ނައިޓްގައި ބައިވެރިވެވޭނެއެވެ.

https://www.facebook.com/youth.gov.mv/posts/pfbid0ebQkHf1QSjkWgvzXnwrT154yK2GD1SYH54jcA1Dv4d9TgoRrdv95XsaGcmM54Qd4l?__cft__[0]=AZV3YTdej0XEtB3CMa_LUdgB3xY-_emjoyBsnI_CZCJvwobNIpzRLLUa5u9aMcfuO50kvRxNkoI5Zna76nScfO53ikp_S7I3j3ylD7MWvihdtFWg4CsTRvevfnwXjgHzMqLYDf26l4McG6_bb_ixffrOQtFrYApTRcIZIDE_FN9Wv6mJOOV0JrAu-Pdiw3wlKcoV_PFJei-Mws7i4LmhsmFr&__tn__=%2CO%2CP-R

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް