ނިމިދިޔަ އަހަރު އޭ ލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕްއަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މި ސްކޮލާޝިޕްއިން ދަރިވަރުން ބޭނުން ދާއިރާއަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ހަރަދު ސަރުކާރުން ހަމަޖައްސައި ދެއްވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްރީން ކުރި އައުލާނުގައި ބުނެފައި ވެއެވެ.
ސްކޮލަޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މިދިޔަ އަހަރު ރާއްޖޭގެ ސްކޫލް ދަރިވަރެއްގެ ގޮތުގައި މިދިޔަ އަހަރު މަތީ ސާނަވީ އިމްތިޙާން ހެދި ދިވެހި ދަރިވަރަކަށް ވުމާއި އެކު، އިސްލާމް އަދި ދިވެހި ހިމެނޭ ގޮތަށް 5 މާއްދާއިން އޭ ސްޓާ ހޯދައިފައިވާން ޖެހޭނެއެވެ. އަދި އޯލެވެލް ނުވަތަ އޯލެވެލްއާއި އެއް ފެންވަރެއްގެ އިމްތިހާނަކުން އިނގިރޭސިން “ސީ” އިން ފެށިގެން މަތީ ފާހެއް ހޯދާފައިވުން ހިމެނެއެވެ.
މި ސްކޮލާޝިޕްއަށް ކުރިމަތިލުމުގެ ސުންގަޑި އަކީ ޖުލައި މަހުގެ 31 ވަނަ ދުވަހެވެ.
އަދި މި ސްކޮލާޝިޕްއާއި ގުޅުން ހުރި އިތުރު މައުލޫމާތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް