އިއްޔެ ހުޅުމާލެއިން ވެހިކަލްއެއްގެ ތެރޭގައި މަރުވެފައި އޮތް ބަގްލަދޭޝްއަށް ނިސްބަތްވާ މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ ކަމެއް ފާހަގަ ވެފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުގައި މަރުވެފައި އޮތް މީހާގެ މަރުގައި، ތުހުމަތު ކުރެވޭ ފަދަ ކަމެއް ފާހަގަ ވެފައި ނެތް ކަމަށެވެ.
އަދި އެ މީހާގެ ހަށިގަނޑާއި މެދު އަމަލުކުރަންވީގޮތާއި މެދު އެމީހާގެ އާއިލާއާއި ވާހަކަ ދެކެވެމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ސަހަރާ ކުރިމަތީގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަން ފުލުހުން ހާމަކުރީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.
މަރުވެފައިވަނީ ބިދޭސީ ފިރިހެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް