ހަފްތާ ބަންދުގައި އޮތީ ގަދަވަޔާއެކު ވިއްސާރަ

މި ހަފްތާ ބަންދުގެ މޫސުމަށް ބަލައިލާއިރު ހަފްތާ ބަންދުގައި އޮތީ ގަދަވައާއެކު ވިއްސާރަކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ ހަފްތާ ބަންދުގެ މޫސު...

16 May 2024 | 09:53

މި ހަފްތާ ބަންދުގެ މޫސުމަށް ބަލައިލާއިރު ހަފްތާ ބަންދުގައި އޮތީ ގަދަވައާއެކު ވިއްސާރަކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ ހަފްތާ ބަންދުގެ މޫސުމަށް ބަލައިލާ އާންމުކޮށްފައިވާ ހަފްތާ ބަންދު މޫސުން ބުލެޓިންގައެވެ.

އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ހުކުރު ދުވަހު އުތުރާއި މެދުރާއްޖެއާއި ދެކުނަށް އޮތީ ގަދަ ވަޔާއެކު ވިއްސާރައެވެ. އަދި ހަމަ އެހެންމެ ހޮނިހިރު ދުވަހުވެސް އުތުރާއި މެދުރާއްޖެއާއި ދެކުނަށްވެސް އޮތީ ގަދަވަޔާއެކު ވިއްސާރައެވެ.

ހަފްތާގެ ބަންދުގައި އޮތީ ގަދަވަޔާއެކު ވިއްސާރަކަމުގައި މެޓުން ބުނެފައިވާއިރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ މިރެއިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ވަރަށް ގޯސްވާނެކަމަށް މެޓުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް