ކުނި އުކާއިރު ނަގަމުންދިޔަ ގޭޓްފީ ކަނޑާލައި ޓަނަކަށް ނަގަމުންދިޔަ ފީ 500 އަށް ދަށްކޮށްފި

ކުނިއުކާލަންދާ އުޅަނދުތަކުން ގޭޓް ފީގެ ގޮތުގައި ނަގަމުންދިޔަ 150 ރުފިޔާ ކަނޑާލައި ކުނި ޓަނަކަށް ނަގަމުންދިޔަ ޓިޕިންގް ފީ 750 ރުފިޔާއިން 500 ރުފިޔާއަށް ކުޑަކޮށްފިއެވެ. އެގޮތުން ވެމްކޯއިން ކޮށްފައިވާ އި...

16 May 2024 | 08:17

ކުނިއުކާލަންދާ އުޅަނދުތަކުން ގޭޓް ފީގެ ގޮތުގައި ނަގަމުންދިޔަ 150 ރުފިޔާ ކަނޑާލައި ކުނި ޓަނަކަށް ނަގަމުންދިޔަ ޓިޕިންގް ފީ 750 ރުފިޔާއިން 500 ރުފިޔާއަށް ކުޑަކޮށްފިއެވެ.

އެގޮތުން ވެމްކޯއިން ކޮށްފައިވާ އިއުލާނެއްގައ ބުނެފައިވަނީ އާންމު ފަރާތްތަކާއި، ކުދި ވިޔަފާރިތަކާއި، ވިޔަފާރި އުސޫލުން ކުނިއުފުލުމުގެ ޙިދުމަތް ފޯރިކޮށްދޭ ފަރާތްތަކުން ޓްރާންސްފާރ ސްޓޭޝަންތަކަށް ގެންނަ ކުނި ޓަނަކަށް ނަގާ ޓިޕިންގް ފީ 500/- ރ. (ފައްސަތޭކަ) ރުފިޔާއަށް ބަދަކުރުމަށާއި ޓްރާންސްފާރ ސްޓޭޝަންތަކަށް ވަންނަ ކޮންމެ އުޅަނދަކުން ނަގަމުން އަންނަ 150/- ރ. (ސަތޭކަ ފަންސާސް) ރުފިޔާގެ ގޭޓްފީ ކުރިން ދެންނެވުނު ތާރީހުގެ ފަހުން ނެގުން ހުއްޓާލަން ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން ފުރަމާލެ ސަރަޙައްދުގެ ހުރިހާ ޓްރާންސްފަރ ސްޓޭޝަންތަކެއްގައި ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމް (ވެއި ބްރިޖް) ޤާއިމުކުރެވެންދެން، މާލެ ޓްރާންސްފާރ ސްޓޭޝަންގައި ބަރުދަން ރިޢާޔަތްކޮށް އަގު ނެގުން ހުއްޓާލަންވެސް ނިންމާފައިވާކަމަށް ވެމްކޯއިން ބުނެފައިވެއެވެ.

ކުނި އުކާލުމަށް ނަގަމުން އައި ފީ ކުޑަކުރަން ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ ފުރަތަމަ ދުވަހު އިއުލާނުކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް