ވިޔަފާރީގެ ގުޅުން ފުޅާކުރުމާއިމެދު ރާއްޖެއާއި އިނގިރޭސިވިލާތުން މަޝްވަރާކޮށްފި

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމާއިމެދު މަޝްވަރާކޮށްފިއެވެ. ވިޔަފާރީ ގުޅުން ބަދަހިކޮށް ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވަނީ، މިވަގުތު އިނގިރޭސި ވިލާތަށް ...

16 May 2024 | 07:54

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމާއިމެދު މަޝްވަރާކޮށްފިއެވެ.

ވިޔަފާރީ ގުޅުން ބަދަހިކޮށް ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވަނީ، މިވަގުތު އިނގިރޭސި ވިލާތަށް ވަޑައިގެންހުންނެވި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި އެ ގައުމުގެ ޓްރޭޑް މިނިސްޓްރީގެ ސްޓޭޓް މިނިސަޓަރު ގްރެގް ހޭންޑްސައާ އެކު ބޭއްވުނު ބައްދަލުވުމެއް ގައެވެ.

އެކަން ހާމަ އިނޮނޮމިކް މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ، މި ބައްދަލުވުމުގައި ރާއްޖެއާއި އިނގިރޭސި ވިލާތުން ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާކަމަށެވެ. އަދި ރާއްޖޭގައި ފައިނޭންޝަލް ސާވިސް އިންޑަސްޓްރީ ތަރައްގީ ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ .

މިނިސްޓަރ ސައީދުގެ މި ބައްދަލުވުމުގައި އިނގިރޭސި ވިލާތުގެ އިސްވެރިންތަކަކާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި، ރާއްޖޭގެ ބާޒާރުތައް ހަރުދަނާ ބާޒާރަކަށް ހެދުމަށް އިނގިރޭސި ވިލާތުގެ އެހީތެރިކަން ހޯދުމާއި ގުޅިގެން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް