ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އަންލިމިޓެޑް ގްރޫޕް ކޯލިންގ ކުރެވޭފަދަ މުޅިން އައު އެޑް-އޮންއެއް އެކުންފުނިން ތައާރަފްކޮށްފިއެވެ.
ދިރާގުން އިއްޔެ ބުނިގޮތުގައި މި އައު އޮފަރއާއެކު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް 'ވާހަކަ' އެޑް-އޮން އެކްޓިވޭޓްކޮށްލައިގެން، މި އެޑް-އޮން އެކްޓިވޭޓްކޮށްފައިވާ އާއިލާ މެމްބަރުންނާއި ރައްޓެހިންނަށް ހިލޭ ގުޅާލެވޭނެއެވެ. އެގޮތުން މި އެޑް-އޮންއާއެކު އެންމެ 50 ރުފިޔާއަށް، 30 ދުވަހުގެ މުއްދަތަށް އަންލިމިޓެޑް ކޯލް ކުރެވުމުގެ އިތުރުން 1ޖީބީ މޮބައިލް ޑޭޓާވެސް ލިބޭނެއެވެ. އަދި މީގެ އިތުރުން ވަޓްސްއެޕް، ޓެލެގްރާމް ނުވަތަ ވައިބަރ މެދުވެރިކޮށް ކޯލިން ގްރޫޕްގައި ބައިވެރިވުމުގެ ދައުވަތު އާއިލާއަށާއި ރައްޓެހިންނަށް ފޮނުވާލެވޭނެއެވެ.
"ކަސްޓަމަރުން އެކަކު އަނެކަކާ މުވާސަލާތީ ގޮތުން ފަސޭހަކަމާއެކު ގުޅުވާލެވޭ ގޮތަށް ފަރުމާކޮށްފައިވާ މިފަދަ އޮފަރއެއް ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެގޮތުން މި ލޯންޗަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން، ދިރާގު ނެޓްވަރކް މެދުވެރިކޮށް، ގުޅުވާލުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު ކާމިޔާބީއެއް،" ދިރާގުގެ މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް ވިދާޅުވިއެވެ.
ދިރާގު އެޕް https://bit.ly/Dhiraagu-App މެދުވެރިކޮށް ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މި އެޑް-އޮން އެކްޓިވޭޓްކޮށްލެވޭނެއެވެ.
މި މުޅިން އައު އޮފަރއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް، https://bit.ly/3UPAjns
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށްދީ، ހިތްގައިމު އައު އޮފަރތަކާއެކު އެފަރާތްތަށް ޑިޖިޓަލްކޮށް ގުޅުވާލެވޭނެ އިތުރު ގޮތްތައް ފަހިކޮށްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް