ފިލްމީ ތަރި ޔޫސުފް ޝަފީއު އަނެއްކާވެސް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކޮށްފި އެވެ.
ޔޫއްޕެ ޖޭޕީއަށް ސޮއިކޮށްފައިވަނީ ގިނަ މެމްބަރުންތަކެއް އެ ޕާޓީއާއި ގުޅުމަށް ބޭއްވި ރަސްމިއްޔާތެއްގައި އެވެ. ފޯމާއި ހަވާލުވެވަޑައިގެންނެވީ އެ ޕާޓީގެ ނައިބު ލީޑަރު އައިޝަތު ނަހުލާ އެވެ.
ޔޫއްޕެގެ އިތުރުން ސޮއި ކުރި މީހުންގެ ތެރޭގައި މަޝްހޫރު ގޯލްކީޕަރު ހަސަން ރަމީޒް (ޓިމޯ) އާއި، ކުރީގެ ޗީފް ޕްރިޒަންސް އޮފިސަރު މުޙައްމަދު ތައުފީގް ހިމެނެ އެވެ.
ޔޫއްޕެ މީގެ ކުރިންވެސް ޖޭޕީއަށް ސޮއި ކުރި އިރު ޕާޓީއަށް ކެމްޕެއިން ކޮށްދިނުމުގައިވެސް ހަރަކާތްތެރިވެފައިވެ އެވެ.
އޭގެ ފަހުން އަދި ކުރިން ޔޫއްޕެ ވަނީ އެމްޑީޕީ، ޕީޕީއެމްއަށް ސޮއިކޮށްގެން އެ ޕާޓީތަކުގައި ހަރަކާތްތެރިވެފައި އެވެ. އެންމެ ފަހުން އޭނާ އުޅުނީ އެމްއެންޕީގައި ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް