ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ ތަހުގީގާއި ގުޅޭ މަޢުލޫމާތު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މަނަދޫއަށް ކުރެއްވި ޒިޔާރަތުގައި ނައީމާގެ އާއިލާ އާއި ބައްދަލުކުރައްވާ ހިއްސާކުރައްވައިފިއެވެ.
އެގޮތުން ނ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ނ. މަނަދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ ފުލުހުންނާއި އާންމު މުވައްޒަފުންނާ ބައްދަލުުރައްވާފައެވެ.
އަދި މި ދަތުރުފުޅުގައި ސީޕީ ވަނީ މަނަދޫގައި އަލަށް އިމާރާތްކުރަމުންދާ ފުލުހުންގެ އައު ޕޮލިސް ސްޓޭޝަންގެ މަސައްކަތްތައް ކުރަމުންދާ ސައިޓަށް ވަޑައިގެން މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.
މީގެ އިތުރުން ސީޕީ ވަނީ މި ދަތުުރުފުޅުގައި ނ. މަނަދޫ / އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލަައިގެ ތަހުގީގު ކުރިއަށްދާ ގޮތް ކައިރިން ބައްލަވާލައްވާ ނައީމާ މޫސާގެ އާއިލާއާ ބައްދަލު ކުރައްވައި، ތަހުގީގާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ
ކޮމިޝަނަރ އޮފް ޕޮލިސްގެ މި ދަތުރުފުޅުގައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟް އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެ ވަޑައިގަންނަވައެވެ.
ނ، މަނަދޫ އަށް ނިސްބަތްވާ ނައީމާ މޫސާއަކީ ވަކިން ދިރިއުޅެމުން ދިޔަ 62އ ދުވަސްވީ އަންހެނެކެވެ. އަދި އޭނާ އަކީ މަނަދޫ ކައުންސިލް އިދާރާގައި ރަށު ތެރެ ސާފުކުރަން އުޅޭ މުވައްޒަފެކެވެ.
މީގެ އިތުރުން ޒަހަމްތަކަކާއި އެކު ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް