އައްބާސްގެ ޝަރީއަތް ފެށޭގޮތް ނުވެފައި!

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ދައުފުލާފައިވާ އައްބާސް އާދިލް ރިޒާ ކޯޓަށް ހާޒިރު ކުރެވޭ ގޮތ ނުވެ ޝަރީއަތް އަނެއްކާވެސް ފަސް ކުރަން ޖެހިއްޖެ އެވެ. އައްބ...

16 May 2023 | 07:52

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ދައުފުލާފައިވާ އައްބާސް އާދިލް ރިޒާ ކޯޓަށް ހާޒިރު ކުރެވޭ ގޮތ ނުވެ ޝަރީއަތް އަނެއްކާވެސް ފަސް ކުރަން ޖެހިއްޖެ އެވެ.

އައްބާސްގެ މައްޗަށް އުފުލާފައިވަނީ ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާ އެވެ. އެ ދައުވާ އުފުލީ އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ޓްވީޓް ކުރުމާއި ކްލަބް ހައުސްގައި ވާހަކަ ދައްކަމުން މާލޭގެ ބައެއް ތަންތަނުގައި ހުޅުޖަހަން ހިތްވަރު ދިން ކަމަށް ބުނެ އެވެ.

އެ މައްސަލައިގަ އަޑު އެހުމެއް މިއަދަށް ތާވަލު ކޮށްފައި އޮތުމަށް ފަހު ކެންސަލް ކޮށްލީ އޭނާ ހާޒިރު ނުކުރެވިގެން ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެ އެވެ. މިއީ މި ޝަރީއަތް ކެންސަލް ކުރި ތިން ވަނަ ފަހަރެވެ.

އައްބާސް އެ ޓުވީޓު ކުރެއްވީ މިދިޔަ ޑިސެމްބަރު މަހު އެވެ. ފަހުން އޭނާ ވަނީ އެއީ އެހެން މީހަކު އެނާގެ ނަމުގައި އެހެން މީހަކު ކުރި ޓުވީޓެއް ކަމަށް ވިދާޅުވެފައި އެވެ.

ކުރީގެ ސަރުކާރުގައި އިސް މަގާމުތަކެއް އަދާ ކުރެއްވި އައްބާސްގެ މައްވަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް