އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
އުމުރުން 14 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރަމުންދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށްވެ އެވެ. އެ މައްސަލައިގެ ތުހުމަތު 19 އަށްވުރެ ގިނަ މީހުންނަށް ކުރާ ކަމަށްވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލައިގަ މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އެކަމަކު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މިދިޔަ ހަފްތާގައި މި މައްސަލަ ފެންމަތިވުމުން އެ ކުއްޖާ ވަނީ މާލެ ގެނެސްފައި އެވެ. އޭރު ޖެންޑާ މިނިސްޓްރީން ބުނީ ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
މިދިޔަ މަހުވެސް ވަނީ ފުވައްމުލަކު ސިޓީގައި ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެއް ފެންމަތިވެ، ބަޔަކު ހައްޔަރު ކޮށްފައި އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އެކުދިންގެ އާއިލާގެ ބައެއް މީހުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް