ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅަށް ފަހު ނައިބު ރައީސް ރާއްޖެ ވަޑައިގެންފި

ބްންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނަިއބު ރައީސް ފައިސަލް ނަސީމު ރާއްޖެ ވަޑައިގެންފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅަކީ 6 ވަނަ އިންޑިއަން އޯޝަން ކޮނ...

16 May 2023 | 06:43

ބްންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނަިއބު ރައީސް ފައިސަލް ނަސީމު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅަކީ 6 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2023ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ތަޤްރީރު ކުރައްވާފައެވެ. އަދި އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.

މީގެ އިތުރުން އެ ގައުމުގެ ރައީސާއި ބައްދަލު ކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް