މާލޭ ގެއެއްގައި އޮސްޓްރިޗެއް ގެންގުޅުނު މައްސަލަ ފިޝަރީޒް މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އެ އޮސްޓްރިޗް ގެންގުޅޭކަން މީހަކު ހާމަކުރީ ސޯޝަލް މީޑިއާގައި އެވެ. އެ ޕޯސްޓާއި އެކު އޮސްޓްރިޗާއި އެކު މީހަކު ހުރި ފޮޓޯއެއް ހިމަނާފައިވެ އެވެ.
އެމީހާ ވަނީ އެ ދޫނި ގެންގުޅުމަށް ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަވެސް އާންމުކޮށްފައި އެވެ.
މިކަމާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރުﷲ ހުސައިން މީޑިއާގައި ވިދާޅުވީ އެ ދޫނި ގެންގުޅުމުގެ ހުއްދަ ދީފައިވަނީ ދޫނި ފާމެއްގައި ކަމަށެވެ. އެ ދޫނި ގޭގައި ގެންގުޅެން މިނިސްޓްރީން ހުއްދަ ދޫކޮށްފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
އެހެންވެ މިނިސްޓްރީން ދަނީ އެ މައްސަލަ ބަލަމުންނެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ހުއްދައިގަ ބުނެފައިވާ ގޮތުގައި އެ ދޫނި ގެންގުޅުމުގެ ހުއްދަ ދޫކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެއީ އީރާނުން ރާއްޖެ އެތެރެކުރި 50، ޑޮމެސްޓިކް އޮސްޓްރިޗްގެ ބިހަށް ދޫކޮށްފައިވާ ހުއްދަ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް