މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިކުރަން ޖެހެނީ ރައީސް ސޯލިހް ކަމުގައި އެ ޕާޓީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ އަން އޮފިޝަލް ޓްވިޓާ އެކައުންޓުން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ 2019ގައި ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ދާއިރާ ރައީސުން ނިކުމެ އެމްޑީޕީ ކެނޑިޑޭޓް ކަޓުވާލައި އެހެން މީސް މީހުން މަޖިލީހަށް ހޮވި މައްސަލަ ނުބަލައި ފިޔަވަޅު އަޅާ ކޮމިޓީން މިހާރު އެ ބަލާ މައްސަލަތައް ބެލުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށެވެ.
"ޕާޓީން ވަކި ކުރަން ޖެހެނީ ރައީސް ސޯލިހް" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
https://twitter.com/anedhivehirajje/status/1658326085334073344
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެ ޕާޓީން ވަކިވެފައިވާކަމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން އިއްޔެ ނިންމާފައިވެއެވެ.
އެ ކޮމިޓީއަށް އޭނާގެ މައްސަލަ ހުށަހެޅީ އިދިކޮޅާއި ގުޅިގެން ރައީސް ސޯލިހާއި ސަރުކާރުގެ ދެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި ހަރަކާތްތެރިވާތީ އާއި ޗާގޮސް މައްސަަލައިގަ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވާތީ އެވެ. އިތުރު ހަތަރު މެމްބަރަކަށް ފިޔަވަޅު އެޅުމަށްވެސް އެ ކޮމިޓީއަށް ހުށަހަޅާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް