ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ރާއްޖެ ވަޑައިގެންފި އެވެ.
ރައީސްގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑަރު ޝެއިހް އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ޝެއިހް ހަލީފާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، އެ ޢާއިލާގެ ހިތާމައިގައި ބައިވެރިވެ ވަޑައިގެންފައެވެ.
މިދަތުފުޅުގައި އެމަނިކުފާނު ވަނީ އެ ގައުމުގެ އާ ރައީސް ޝެއިހް މުހައްމަދު ބިން ޒައިދް އަލް ނަހްޔާން އާއި ބައްދަލު ކުރައްވާފަ އެވެ. އަދި އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައިވެ އެވެ.
ރައީސް ސޯލިހު މި ދަތުރުފުގައި އެގައުމަށް ވަޑައިގެންނެވީ އިއްޔެ އެވެ.
މަރުހޫމް ޝެއިހް ހަލީފާ އަވަހާރަވީ މިމަހުގެ13 ވަނަ ދުވަހު އެވެ. އެމަނިކުފާނު އަވަހާރަވި އިރު އުމުރުފުޅަކީ73 އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް