މިރޭ ކުރިޔަށް ހުރި ވަގުތުތަކުގައިވެސް ބޮޑު ބަޔަކަށް ވަޔާއި ކަނޑު ގަދަވާނެ

މިރޭ ކުރިޔަށް ހުރި ވަގުތުތަކުގައިވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފި އެވެ. މެޓް އޮފީހުން ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގުެ ރަށްތަކަށް ވައިޓް އެލާޓު ނ...

16 May 2022 | 18:11

މިރޭ ކުރިޔަށް ހުރި ވަގުތުތަކުގައިވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފި އެވެ.

މެޓް އޮފީހުން ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގުެ ރަށްތަކަށް ވައިޓް އެލާޓު ނެރެފަ އެވެ. އެލާޓުގެ ވަގުތަކީ މިރޭ11:00 ން ފަތިހު5:00 އެވެ.

މިވަގުތުތަކުގައި އާންމުގޮތެއްގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައިވަނީ19 މޭލާއި24 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. ވިލާގަނޑުގައި45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެ އެވެ.

މެތް އޮފީހުން ބުނީ އެ ސަރަހައްދުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.

މޫސުމަށް ސަމާލުވުމަށް ކަނޑު ދަތުރު ކުރާ ފަރާތްތަކަށް އިލްތިމާސްކޮށްފައިވެ އެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން މޫސުމުގެ މައުލޫމާތު އެ އިދާރާއިން ހޯދުމަށް އެދިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް