ކ. އަތޮޅު ރަށެއްގައި ދަރިވަރަކު ސްކޫލަށް ޑްރަގު ގެންދިޔަ މައްސަލަ ބަލަނީ

ދަރުވަރަކު ސްކޫލަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ ކ. އަތޮޅުގެ ރަށެއްގައި ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަ...

16 May 2022 | 17:58

ދަރުވަރަކު ސްކޫލަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ކ. އަތޮޅުގެ ރަށެއްގައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު11:34 ގައި ކަމަށެވެ.

މި މައްސަލައިގަ އެ ދަރިވަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.

ފުލުހުން ބުނީ މި މައްސަލަ އާއި ގުުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް