ވިލިމާލޭ ޑަބްލިއުޑީސީގެ އިންތިހާބުގައި މައްސަލަ ޖެހުނު ދެ ވޯޓު އަލުން ގުނައިފި، ނަތީޖާ ބަދަލެއް ނުވި

ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި އިލެކްޝަންގައި މައްސަލަ ޖެހުނު ދެ ވޯޓު އަލުން ގުނުމުންވެސް ނަތީޖާއަށް ބަދަލެއް ނާންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބު...

16 May 2022 | 17:40

ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި އިލެކްޝަންގައި މައްސަލަ ޖެހުނު ދެ ވޯޓު އަލުން ގުނުމުންވެސް ނަތީޖާއަށް ބަދަލެއް ނާންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މި އިންތިހާބު ޕީޕީއެމްއިން ކާމިޔާބު ކުރީ އެމްއެންޕީގެ ކެންޑިޑޭޓު އެންމެ ވޯޓަކުން ބަލިކޮށްގެންނެވެ. މިކަމާއި ގުޅިގެން އެމްއެންޕީން ވޯޓު އަލުން ގުނައި ދިނުމަށް އެދުނެވެ.

އެ ދާއިރާގެ އިންތިހާބާއި ގުޅިގެން ހުށަހެޅުނު ޝަކުވާތަކާއި ގުޅިގެން އީސީން ނިންމީ ވިލިމާލޭ މުހިއްދީން ސްކޫލްގައި ބެހެއްޓި އެއް ނަމްބަރު ވޯޓު ފޮށީގެ އެންމެ ދެ ވޯޓު އަލުން ގުނާށެވެ. އެ ދެ ވޯޓު ކަރުދާސް މިއަދު ވަނީ ޗެކްކޮށްފަ އެވެ.

އީސީން ބުނީ އަލުން ބެލުމުންވެސް ނަތީޖާއަށް ބަދަލެއް ނާންނަކަމަށެވެ.

އެމްއެންޕީން ވޯޓު އަލުން ގުނުމަށް އެދި ހުށަހަޅަން ނިންމީ އިންތިހާބުގެ ވޯޓު ގުނީ ބާތިލް ވޯޓާއެކު ކަމަށް ބުނެ އެވެ.

މި އިންތިހާބުގައި ވާދަ ކުރި އެމްއެންޕީގެ އާމިނަތު ޝީޒާއަށް ލިބުނީ 358 އެވެ. ޕީޕީއެމް ކެންޑިޑޭޓު ފާޓިމަތު ނާޒިމާއަށް 359 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް