ސްޓޫޑެންޓު ލޯނަށް ހުޅުވާލި 720 ފުރުސަތުން ލޯނު ލިބުނީ 393 ދަރިވަރިންނަށް

ސްޓޫޑެންޓު ލޯނަށް ހުޅުވާލި720 ފުރުސަތުގެ ތެރެއިން ޝަރުތު ހަމަވެގެން ލޯލު ލިބުނީ393 ދަރިވަރުންނަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޑރ. އިބްރާހިމް ހަސ...

16 May 2022 | 13:58

ސްޓޫޑެންޓު ލޯނަށް ހުޅުވާލި720 ފުރުސަތުގެ ތެރެއިން ޝަރުތު ހަމަވެގެން ލޯލު ލިބުނީ393 ދަރިވަރުންނަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޑރ. އިބްރާހިމް ހަސަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިފަހަރުގެ ލޯނަށް1،000 ދަރިވަރުން ކުރިމަތިލި ކަމަށެވެ. އެކަމަކު327 ދަރިވަރުން މަދުވެފައިވަނީ އެއް ދާއިރާތަކަކަށް މާ ގިނަ ކުދިން ކުރިމަތިލާފައިވާތީ އެވެ.

މިނިސްޓަރު ވިދާޅުވީ ލޯނު ނުލިބުނު ކުދިންގެ ތެރޭގައި ޝަރުތު ހަމަނުވާ ކުދިން ހިމެނޭއިރު އޭގެ ތެރޭގައި އޯލެވެލް އަދި އޭލެވެލް ނުނިންމާ ކުދިން ހިމެނޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމްގެ ފުރުސަތު ނުލިބި ގިނަ ދަރިވަރުން ޑިސްކޮލިފައިވުމަކީ ލިބުނު މާޔޫސްކަމެއް ކަމަށެވެ.

މިނިސްޓްރީން އާންމު ކުރި މައުލޫމާތުތަކުގައި ވާގޮތުން އެންމެ ގިނަ ދަރިވަރުން ލޯނަށް އެދިފައިވަނީ ޕައިލެޓުކަން ކިޔަވަންށެވެ. އެ ދާއިރާއަށް10 ޖާގަ ހާއްސަކޮށްފައި އޮތް އިރު252 ފޯމް ހުށަހަޅާފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު އާންމު ކުރި ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ24 ވަނަ ދުވަހާއި ހަމައަށް އޮންނާނެ ކަމަށެވެ. ޝަކުވާތަކަށް ބެލުމަށް ފަހު ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓު އާންމު ކުރާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.

ސަރުކާރުން މަތީ ތައުލީމު ހާސިލް ކުރަން ލޯނު ދޫކުރަނީ ދެ ކެޓަގަރީއަކުންނެވެ. އެއީ އަލަށް މަތީ ތައުލީމަށް ކިޔަވަން ފަށަންށާއި މިހާރު މަތީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ ތެރެއިން ކޯހުގެ ބާކީ ބަޔަށް ދޫކުރާ ލޯނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް