ޖަރުމަނު ސަފީރަކަށް ޝާން ހަަމަޖައްސަން ކޮމިޓީން ފާސްކޮށްފި

ޖަރުމަނުވިލާތަށް، ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ޝާން ޝާކިރު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީން ނިންމައިފި އެވެ. އޭނާ އެ މަގާމަށް އައްޔަނ...

16 May 2022 | 12:43

ޖަރުމަނުވިލާތަށް، ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ޝާން ޝާކިރު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީން ނިންމައިފި އެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ25 ވަނަ ދުވަހު އެވެ. ކޮމިޓީއަށް އެ ނަން ދިރާސާ ކުރަންފޮނުވީވެސް އެ ދުވަހު އެވެ.

މިއަދު އޮތް ކޮމިޓީގެ ބައްދަލުވުމުގައި ޝާން ޖަރުމަނު ސަފީރު ކަމަށް އައްޔަން ކުރަން ފާސްކުރީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.

ޝާން އަކީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްއެވެ. 2020 ވަނަ އަހަރު އެ މަގާމަށް އޭނާ އައްޔަން ކުރި އިރު އެއީ ރާއްޖޭގެ ފުރަތަމަ އަންހެން ޕްރޮޓޮކޯލްވެސްމެއެވެ.

މީގެ ކުރިން ޝާން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު ކަމާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީކަން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް