އަލަށް ކްރެޑިޓް ކާޑު ހައްދާ މީހުންނަށް ހާއްސަ ޕްރޮމޯޝަނެއް ބީއެމްއެލްއިން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑު އަލަށް ހައްދާ ފަރާތްތަކަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށައިފި އެވެ. އެ ބޭންކުން ބުނޫ ބީއެމްއެލުން ބުނީ އެ ޕްރޮމޭޝަން ކުރިޔަށްދާ މުއްދަތުގައި އަލަށް ކ...

16 May 2022 | 10:27

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑު އަލަށް ހައްދާ ފަރާތްތަކަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ބޭންކުން ބުނޫ ބީއެމްއެލުން ބުނީ އެ ޕްރޮމޭޝަން ކުރިޔަށްދާ މުއްދަތުގައި އަލަށް ކާޑު ހައްދާ މީހުން ދައްކަން ޖެހޭ ޖޮއިނިން ފީ އާއި ފުރަތަމަ އަހަރުގެ އެނުއަލް ފީ ދައްކަން ނުޖެހޭނެ ކަމަށެވެ.

ބޭންކުން އެންމެ ފުރަތަމަ ކާޑު ހައްދަން ނަގާ 200 ރުފިޔާގެ އިތުރުން ކޮންމެ ކާޑަކަށް ކޭޝްބެކްގެ ގޮތުގައި 2500 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާ އަކު ކްރެޑިޓު ކާޑަށް އެދި ހުށައަޅާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ އެވެ.

އަދި އެންމެ ފުރަތަމަ އެޕްރޫވް ކުރާ 2000 ކާޑަށް 3000 ބީއެމްއެލްގެ ރިވޯޑް ޕޮއިންޓްސް ވެސް ލިބޭނެ އެވެ. ބީއެމްއެލްގެ ރިވޯޑް ޕޮއިންޓްސް ބޭނުން ކޮށްގެން ގިނަ އެއާ ލައިނާއި، ހޮޓާތަކާއި، ކާރު ކުއްޔަށް ނެގުމުގެ އިތުރުން އެމެޒޯން، އެޕްސްޓޯ، އައިޓިޔުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ ބްރޭންޑުތަކުގެ ގިފްޓު ކާޑު ގަތުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހު 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް